ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމާސްއިން ދިން ހަމަލާގެ މައްސަލައިގައި އދގެ އަންރާ މައްޗަށްވެސް ދައުވާކުރެވޭނެ: އެމެރިކާ

އަންރާގެ ބޯޑެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އދގެ އެޖެންސީ ފޯ ޕެލެސްޓިނިއަން ރެފިއުޖީސްގެ މައްޗަށްވެސް ދައުވާކުރެވިދާނެކަމަށް އެމެރިކާއިން ނިންމައިފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން މީގެ ކުރިން އެމެރިކާއިންވަނީ އަންރާގެ މައްޗަށް މަދަނީ ދައުވާތަކެއް ނުކުރެވޭނެ ކަމުގެ ވިސްނުން ގެންގުޅެފައިކަމަށެވެ. ނަމަވެސް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން އެ ވިސްނުން ނުގެންގުޅޭކަމަށާއި އެއީވެސް ދައުވާ ކުރެވިދާނެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ.

އެ ގައުމުގެ ޖަސްޓިސް ޑިޕާޓުމެންޓުންވަނީ ފެޑަރަލް ކޯޓަށް ހުށައެޅި މައްސަލައެއްގެ ތެރެއިން މި ވިސްނުން ގެންގުޅޭކަން އާންމުކޮށްފައެވެ. މައްސަލައެއް ހުށައަޅާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގެ މައްސަލައިގައި އަންރާވެސް ޖަވާބުދާރީ ކުރުމަށެވެ. މިކަމުގެ ސަބަބުން ޓްރަމްޕުގެ ސަރުކާރުން އެ ޖަމިއްޔާއާއި މެދު ގެންގުޅެމުންދާ ހަރުކަށި ވިސްނުން ފެނިގެންދާކަމަށް ބުނެފައިވާއިރު ސަބަބަކީ އެ ހަމަލާގައި ޖަމިއްޔާގެ އަތެއްވާކަމަށް އިސްރާއީލުން ތުހުމަތުތަކެއް ކުރަމުންދިއުންކަން ފާހަގަކުރެވެއެެވެ.

ހަމަލާގައި މަރުވެދިޔަ މީހުންގެ އާއިލާތަކުގެ މެމްބަރުން ހިމެނިގެން ހުށައަޅާފައިވާ މައްސަލައިގައި އަންރާގެ މައްޗަށް އެހީތެރިވެދިނުމުގެ އިތުރުން ހަތިޔާރު ފޮރުވައިދިނުމާއި މަރުކަޒުތަކުގެ ބޭނުން ހިފުމަށް ފުރުސަތު ދިނުމުގެ ތުހުމަތުވެސް ކޮސްފައިވެއެވެ. އެގޮތުން ސުކޫލުތަކާއި ސިއްހީ މަރުކަޒުތަކުގައި ހަމާސްގެ މެމްބަރުން މަސައްކަތްތެރިންގެ ގޮތުގައި ހިމަނާފައިވާކަމަށްވެސް ދައުވާކުރާކަން ފާހަގަކުރެވެއެވެ.

އަންރާގެ ލޯޔަރުންވަނީ އެ ތުހުމަތުތަކަކީ ހަމަ ނުޖެހޭ ވާހަކަތަކެއް ކަމަށް ބުނެފައެވެ. އަދި އެއީ އދގެ ގުނަވަނެއްކަމަށްވުމުން ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށްވެސް ބުނެފައިވެއެވެ. އަންރާއިން ބުނާގޮތުން އެމެރިކާގެ ސަރުކާރުންވަނީ އެ ޖަމިއްޔާއަކީ އދގެ ބައެއްގެ ގޮތުގައި ބަލައިގަނެފައިވުމުގެ ވިސްނުން އަނބުރާ ގެންގޮސްފައިކަމަށެވެ. އަދި ހުށައަޅާފައިވާ މައްސަލައިގައި އެ ޖަމިއްޔާއިން އިތުރު ފިޔަވަޅުތަކެއް އަޅާނީ ކަންކަން ކުރިއަށްދާ ގޮތަށް ރިއާޔަތްކޮށްގެންކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: