ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސަތުގައި ހުންނަވައި ނާޒިމް ދަނީ މެމްބަރުންގެ އިމްތިޔާޒްތަކަށް އަރައިގަންނަމުން: ދީދީ

މަރަދޫ ދާއިރާގެ މެމްބަރު އަހްމަދުދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިއާޒު ހަނިކުރަން ރިޔާސަތުން މަސައްކަތް ކުރައްވާ ކަމަށާއި އިމްތިއާޒުތަކަށް އަރައިގަތުމަތީ ވަރަށް ބޮޑު މައްސަލައެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަހްމަދުދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނުގެ ސެޝަންގައި އޮތީ ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުއާއި ސުވާލު ކުރުމެވެ. މެމްބަރުންނަށް ދިން ފުރުސަތުގައި، އެކަށީގެންވާ ވަގުތު ނުދޭކަމަށް ބުނެ ބައެއް މެމްބަރުން ގެންދެވީ ނިޒާމީ ނުކުތާތައް ނަންގަވައި އިހުތިޖާޖު ކުރައްވަމުންނެވެ.

ފުރުސަތަކަށް އެދިވަޑައިގެން ދީދީ ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި މިއަދު ހުންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދަނީ މެމްބަރުންނަށް ލިބިދޭ އިމްތިއާޒު ހަނިކުރަން މަސައްކަތް ކުރައްވަމުން ކަމަށެވެ. މެމްބަރުން ކުރައްވާ ސުވާލަކީ ރަނގަޅު ސުވާލެއްތޯ ބައްލަވަން ރިޔާސަތު ޖެހިވަޑައިނުގަންނާނެކަމަށް ދީދީ ވިދާޅުވި އެވެ ވިދާޅުވިއެވެ. ދީދީ ވިދާޅުވީ ވަޒީރާއި ގުޅުންހުރި ސުވާލެއްނަމަ ވަޒީރަށް އެފުރުސަތު ދޭން ޖެހޭ ކަމަށެވެ.

ދީދީ ވިދާޅުވީ ނާޒިމް މެމްބަރުންގެ އިމްތިއާޒުތަކަށް އަރައިގަތުމަތީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަން ކުށްވެރިކުރާކަމަށާއި މިނިސްޓަރ މުއްތަލިބަކީ ދޮގާއި މަކަރާއި ހައްދަވާ ބޭފުޅެއް ކަމަށްވެސް ދީދީ ވަނީ ތުހުމަތު ކުރައްވާފައެވެ.

މެމްބަރު ވިދާޅުވީ އައްޑޫ ލިންކް ރޯޑަކީ އައްޑޫ މުދަލަށާއި ފުރާނައަށް ގެއްލުންވާ ތަނަކަށް ވާތީ އެކަން ކުރެވޭނީ ކޮންދުވަހަކުން ތޯ ސުވާލުކޮށްފައިވާ ކަމަށެވެ.

މެމްބަރު ވާހަކަފުޅު ދައްކަވަނިކޮށް ވަނީ މައިކުގެ އަޑު ވަނީ ކަނޑާލާފައެވެ. މަޖިލީހުގެ މެމްބަރުން މިނިސްޓަރ މުއްތަބިލަށް އެ މެމްބަރުންގެ ދާއިރާގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ލަހުން ކުރިއަށް ދާވާހަކައާއި އަދި އެހެނިހެން ބަނދަރުގެ މަޝްރޫއުތައް ފަދަ މަޝްރޫއުތަކުގެ ކަންކަން އެކަށީގެންވާ އަވަސްމިނެއްައި ކުރިއަށް ނުދާކަމަށް ވަނީ ފާޙަގަކޮށްފައެވެ.

އެހެންނަމަވެސް އެ ސުވާލުތައްބަލައިގަނެވެން ނެތް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. މިއަދު މަޖިލީހުގައި އޮތީ ނ. ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ގުޅިގެން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލާއި އަދި މިނިސްޓަރ ދެއްވާ ޖަވާބާއި ގުޅިގެން އަންނަ ސުވާލުތަކަށް ޖަވާބު ދިނުމެވެ. އެހެންކަމުން މެމްބަރުން ކުރެއްވި ސުވާލުތަކަކީ އެކަމާއި ގުޅުން ނެތް ސުވާލުތަކެއް ކަމަށް ފާހަގަކޮށް ރިޔާސަތުން ވަނީ މެމްބަރުންގެ ސުވާލުތައް ބަލައިނުގަންނަން ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: