ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއޭއެމްގެ ކުރީގެ ރައިސާއި ވެރިންގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ރިވިއުކުރުމުގެ ވިސްނުމެއް ނެތް

(އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްއޭއެމްގެ ގިނަ ޢަދަދެއްގެ ފައިސާތަކަކަށް ޚިޔާނާތްތެރިވެފައިވާ މައްސަލާގައި ދައުލަތުން ދަޢުވާކޮށްފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، އެފްއޭއެމްގެ އިސްވެރިންގެ މައްޗަށް ކޮށްފައިވާ އެއްވެސް ދަޢުވާއެއް މުރާޖަޢާކުރުމުގެ ނުވަތަ އަނބުރާ ގެނައުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ބައްސާމުގެ މައްޗަށް ކުރާ ދަޢުވާތައް ޕީޖީން ރިވިއުކުރަމުންދާކަމަށް ބުނެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެއީ ބައެއް މައްސަލަތައް ރިވިއު ކުރުމަށް ހުށަހެޅުމުން، ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމާފައިވާތީ އެވެ.

ނަމަވެސް، ޕީޖީ އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ބައްސާމާއި، އެފްއޭއެމްގެ އިސްވެރިންގެ މައްޗަށް ކޮށްފައިވާ އެއްވެސް ދަޢުވާއެއް މުރާޖަޢާކުރުމުގެ ނުވަތަ އަނބުރާ ގެނައުމުގެ ވިސްނުން ޕީޖީ ނުގެންގުޅުއްވާކަމަށެވެ. އަދި އެ ދަޢުވާތައް ކޯޓުގައި މިހާރު ކުރިއަށްދާއިރު، އަނބުރާ ގެންނަންޖެހޭ ނުވަތަ ރިވިއުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ބައްސާމުގެ މައްޗަށް ދައުލަތުން 2 ފަހަރު މަތިން 4 ދަޢުވާއެއް އުފުލާފައިވެއެވެ. އެއީ ޚިޔާނާތެރިވުމުގެ ކުށުގެ 2 ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ 2 ދަޢުވާއެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ބައްސާމް ވަނީ އެފްއޭއެމަށް ފީފާއިން ފޮނުވި މިލިއަނަކަށްވުރެ ގިނަ ޑޮލަރަށް ޚިޔާނާތްތެރިވެފައެވެ. މި ފައިސާއިން ބައްސާމު ގަނެފައިވާ އަމީން އެވެނިއު 25 މިލިއަން ރުފިޔާގެ އެޕާޓްމެންޓެއްދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލާގައި އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ މުޙައްމަދު އަޤީލްއާއި، އެފްއޭއެމްގެ އިސް އެކި މަޤާމުތައް އަދާކުރި ޙަސަން ވަޙީދުގެ މައްޗަށް މަނީ ލޯންޑްރިންގ އަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: