ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ އުންމަތަކީ އިލްމާއި ކުރިއެރުންތައް ހޯދުމުގައި އަލިގަދަ ދަންމަރެއް: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ އުންމަތަކީ ޒަމާނުއްސުރެވެސް އިލްމު ހާސިލުކުރުމާއި ކަންކަން ހޯދައި ހާމަކުރުމުގެ އިތުރުން ކުރިއެރުންތައް ހޯދުމުގައި މުޅި ދުނިޔެއަށްވެސް އަލިގަދަ ދަންމަރެއްގެ ގޮތުގައި ފެނިގެންދާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީން ހޮނަރަރީ ޑޮކްޓްރޭޓްގެ ޝަރަފު އެރުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، މެލޭޝިއާ އަދި ދިވެހިރާއްޖެ ދެމެދު އޮންނަ ގުޅުމަކީ ގުޑުވާނުލެވޭ އިސްލާމީ އެއްބައިވަންތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށެވެ. އަދި އެ ގުޅުމުގެ ބިންގާ އެޅިފައިވަނީ އިހުތިރާމާއި ދެ ގައުމުންވެސް ގަބޫލުކުރާ އަސާސްތަކެއްގެ މައްޗަށްކަމަށެވެ.

ރައީސް ވިދާޅުވީ، ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންވަނީ ދެވަނަ ގެއެއްގެ ގޮތުގައި މެލޭޝިއާ ބަލައިގަނެފައިކަމަށާއި އެ މީހުން މެލޭޝިއާގެ ތަރައްގީގައިވެސް ދައުރެއް އަދާކުރާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މެލޭޝިއާއަކީ ތައުލީމު ލިބިގަތުމަށާއި ޗުއްޓީ ހޭދަކުރުމަށްވެސް ދިވެހިންގެ ތެރޭގައި މަގުބޫލު މަންޒިލެއްކަމަށާއި ދިވެހި ދަރިވަރުންނާއި އައިއައިޔޫއެމް ދެމެދު ދެމެހެއްޓިފައިވާ ގުޅުމަކީ ދެގައުމުގެ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އައިއައިޔޫއެމް އިން ތައުލީމު ހާސިލުކޮށްގެން ރާއްޖެއަށް އެނބުރި އައި ގިނަ އަދަދެއްގެ ދަރިވަރުންވަނީ ގައުމަށް ހިދުމަތް ކޮށްދީފައިކަމަށާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ތަރައްގީގައި އައިއައިޔޫއެމްއަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވާހަކަފުޅަކީ ދެ ގައުމުގެ ދެމެދު އޮތް ޝަރަފުވެރި މާޒީ ހަނދުމަކުރުމުގެ ގޮތުން އެކަނި ދައްކަވާ ވާހަކަތަކެއް ނޫންކަމަށާއި ކުރިމަގުގެ ތަސައްވުރެއް ކުލަކޮށްދިނުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށެވެ. އެގޮތުން ވާހަކަފުޅުގެ ޝިއާރުކަމަށްވާ ދަ އިންޓަލެކްޝުއަލް ރެނޭސަންސް އަންވެއިލިންގް ދަ ސައިންޓިފިކް އެންޑް މޮޑާން ޑިވެލޮޕްމެންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަންއަކީ ޓްރިބިއުޓެއްގެ އިތުރުން ޗެލެންޗެއްކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެ ޝިޔާރުގެ ދަށުން ވޭތުވެދިޔަ ޒަމާންތަކުގެ އިސްލާމީ ދުނިޔޭގައި ފާހަގަކުރެވޭ މުހިންމު ޝަހުސިއްޔަތުތަކަށް އިހުތިރާމް އަދާކުރެވޭނެއިރު އެއީ މީގެ ކުރިން ދުނިޔެ ދިއްލާލަދިން ކަންކަން ދެނެގަތުމާއި ކަންކަން ތައާރަފްކޮށް ކުރިއެރުމުގެ ހުޅުކޮޅު އަލުން ދިރިވުމަށްޓަކައި އަދުގެ ޖީލަށް ހުށައެޅިގެންދާ ޗެލެންޖެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އިސްލާމީ އުންމަތަކީ ޒަމާނުއްސުރެވެސް އިލްމާއި ކަންކަން ހޯދައި ހާމަކުރުމުގެ އިތުރުން ކުރިއެރުންތަކުގެ އަލިގަދަ ދަންމަރެއްކަމަށެވެ. އެގޮތުން ބަގުދާދުގެ ކުތުބުހާނާތަކުން ފެށިގެން ސަމަރުކަންދުގެ ދިރާސީ މަރުކަޒުތަކާއި ކައިރޯގެ މެޑިކަލް ސުކޫލު އަދި އަންދަލޫޒިއާގެ ހައިރާންކުރަނިވި ބިނާތަކަށް ބެލިޔަސް އިސްލާމީ ތާރީހުގައި އިލްމު ލިބިގަތުމަށާއި ބޮޑެތި ލަނޑުދަނޑިތައް ހާސިލުކުރުމަށް އަހަމިއްޔަތު ދެވިފައިވާކަން ފެނިގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: