ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ މިއަދު ކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ މަޝްވަރާކޮށް، މައްސަލަ ހުށަހެޅީ 12 މެމްބަރުންގެ ސޮޔާއި އެކުކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހުނީ، މާލޭގެ އިމާރާތެއްގެ މަތީން މި މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އަމަލު ކުރި ގޮތުން ކަމަށެވެ. އެގޮތުން އަމީންގެ ގޭގައި މަސްތުވާތަކެތި ބޭނުން ކުރިކަމުގެ ތުހުމަތު ކުރައްވައި، ނާޒިލް ވިދާޅުވީ އެ ގޭގައި ގާނޫނާއި ހިލާފު އަމަލުތައް ހިނގާފައިވާކަން އެނގެން އެބައޮތް ކަމަށެވެ. އަދި އެރޭ އަމީންގެ އާއިލާގެ ދެ މީހަކު ވެސް  މއ. މާންދޫގެ ދެކުނުގޭގައި އުޅުނުކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ފޮރުވުމަށް މަސައްކަތް ކުރާ އެއް ސަބަބަކީ އެމްޑީޕީން ބުނާ ގޮތުގައި، އަމީންގެ ގާތް މީހުންނާއި އާއިލާގެ މީހުން އެރޭ ގޭގެ ޓެރިސް މަތީ ޕާޓީ ކުރަން ތިބުމެވެ.

މީގެއިތުރުން ހާދިސާގެ މައުލޫމާތުތައް ނުދީ ފޮރުވުމަށް ފަހު، އެކަމުގެ ފަހަތުގައި ކަންތަކެއް ވާކަމަށް ބުނެ އަޑުތައް ފެތުރެން ފެށުމުން ކުއްލި ގޮތަކަށް ހަތަރު ދުވަސް ފަހުން ނޫސްވެރިންނަށް ސިއްރު ބައްދަލުވުމެއް ބޭއްވިކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި މުޅި މައްސަލައިގެ ފެށުން ހިމެނޭ އަމީންގެ ގޭގެ ނަން ވެސް ހާމަކުރުމަށް ފުލުހުން ފުރަތަމަ ދެކޮޅު ހެދިކަމަށް ފާހަގަކުރި އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ދިނުމަށް ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ”މިނިސްޓަރ އަމީން އެބަ ގުޅުއްވާ“ ވިދަޅުވާ އަޑު މައިކަށް އަރާފައި ވެއެވެ. އެ ޕްރެސްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ގެންދެވީ ސީޕީގެ ހައިސިއްޔަތުން ކުރީގެ ކޮމިޝަނަރު އަލީ ޝުޖާއު އާއި މިހާރު ފުލުހުންގެ މުވައްސަސާ ހިންގެވުމާއި ހަވާލުވެ ހުންނެވި ނަވީންނެވެ.

މއ. މާންދޫގެ ދެކުނުގޭގެ، ބަލައި ފާސް ނުކުރާތީ ވެސް އެކަމަށް އެމްޑީޕީން ވަނީ ފާޑުކިޔާފަ އެވެ. އަދި އެ ގޭގެ ސީސީޓީވީ ފުޓޭޖު ދޭން އެދުމުން ސީސީޓީވީ ހަލާކުވެފައިވާކަމަށް ފުލުހުންނަށް ވަނީ އަންގާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: