ދިރާގު ފުވައްމުލައް ރަން 2025 (ޑީ.އެފް.އާރ) ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފުވައްމުލަކު ސިޓީއިން ފަށައިފިއެވެ.
ޑީ.އެފް.އާރގެ ބިބް އެކްސްޕޯ ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 29 އެޕްރީލް އިން 1 މޭ 2025 އަށް ފުވައްމުލައް ސިޓީ ކައުންސިލު އޮފީހުގެ ކުރުނދުމާ މާލަމުގައެވެ.
މި ގޮތުން، 29 އެޕްރީލް 2025ގައި ބިބް އެކްސްޕޯ ކުރިއަށްދާނީ:
- މެންދުރު ފަހު 2:30 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
30 އެޕްރީލް 2025ގައި ބިބް އެކްސްޕޯ ކުރިއަށްދާނީ:
- ހެނދުނުގެ 9:00 އިން މެންދުރު 12:00 އަށް
- މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
އަދި، 1 މޭ 2025ގައި ބިބް އެކްސްޕޯ ކުރިއަށްދާނީ:
- ހެނދުނުގެ 9:00 އިން މެންދުރު 12:00 އަށް
- މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިންގ ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. އަދި، ރޭސް ކިޓް ހަވާލުކުރެވޭނީ، ދުވުންތެރިޔާގެ އައި.ޑީ ކާޑް (ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް) އަދި ބިބް ނަންބަރު ހުށަހެޅުމުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އައު އެޑިޝަނެއް ކަމުގައިވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 މޭ 2025 ވާ ހުކުރު ދުވަހު ފުވައްމުލައް ސިޓީގައެވެ.

