ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ޑްރަގްސް ބޭނުންކުރާ ކޮމިއުނިޓީ އަންނަނީ ބޮޑުވަމުން: އެންޑީއޭ

ޕާޓީ ޑްރަގްސް ބޭނުންކުރާ ކޮމިއުނިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޕާޓީ ޑްރަގްސް ބޭނުންކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ހާމަކޮށްފިއެވެ.  މިކަން ހުއްޓުވުމަށް އެންޑީއޭ އާއި ފުލުހުން ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެންޑީއޭގެ ޕިއަރ ރިކަވަރީ މެންޓަރ މުހައްމަދު ފަސީހް ވިދާޅުވެފައިވެއެވެ.

ފަސީހް ވިދާޅުވި ގޮތުގައި، ކުރިން ރާއްޖޭގައި އާންމުކޮށް ބޭނުންކުރަމުން އައީ ހެރޮއިން، ބްރައުން ޝުގަރ އަދި ކެނެބިސް ފަދަ މަސްތުވާތަކެތި ނަމަވެސް، މިހާރު މަސްތުވާތަކެތި ބޭނުންކުރުމުގެ ވައްޓަފާޅިއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ”މެތު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، ހަކުރު ބޭނުންކުރާ މީހުންގެ އަދަދު މަދެއް ނުވޭ. އޭގެ ބަދަލުގައި އިތުރު ބާވަތްތައް ބޭނުންކުރާ މީހުން އިތުރުވެގެން މި ދަނީ،“ ފަސީހް ވިދާޅުވިއެވެ.

މިހާރު ބޭނުންކުރާ މަސްތުވާތަކެތީގެ ސަބަބުން ބޭނުންކުރާ ފަރާތްތަކުގެ ނަފްސާނީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށް ފަސީހް ވިދާޅުވިއެވެ. އަދި ގޭތެރޭގައި އެފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތާ މެދު ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރާ މިންވަރު އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕާޓީ ޑްރަގްސް ބޭނުންކުރާ ކޮމިއުނިޓީއަކީ ރާއްޖޭގައި ވަރަށް ބޮޑު ކޮމިއުނިޓީއެއްކަން ފާހަގަކުރައްވަމުން، ޒުވާނުންގެ މެދުގައި މިކަން ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ފަސީހް ވިދާޅުވިއެވެ. މިފަދަ ޕާޓީތައް ބާއްވާ ތަންތަން އާންމު ރައްޔިތުންނަށް އެނގިއްޖެނަމަ، ފުލުހުންގެ އިތުރުން އެންޑީއޭއަށްވެސް އެކަން ރިޕޯޓުކުރުމަށް އޭނާ ގޮވާލެއްވިއެވެ.

އެންޑީއޭއިން މިހާރު ވަނީ ބެލެނިވެރިންނަށް އަމާޒުކޮށްގެން، ޕާޓީ ޑްރަގްސް ބޭނުންކުރާ ފަރާތްތަކުގެ އަމަލުތައް ދެނެގަތުމަށް އެހީތެރިވެދޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ތައްޔާރުކުރަމުންނެވެ. މީގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެހީތެރިވުމަށް އެންޑީއޭގެ ރިމާންޑް ފެސިލިޓީގެ ޚިދުމަތްތައްވެސް ފޯރުކޮށްދެމުންދާ ކަމަށް ފަސީހް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: