ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީއެޗްސީ އިންވެންޓަރީ މެނޭޖްމެންޓް ސިސްޓަމް ގާއިމުކުރަން ރިޓަރީވޯކްސް ޕވޓ. އަށް ހަވާލުކޮށްފި

ވެލާނާގެ ފޮޓޯއެއް/ފޮޓޯ: އެޓޯލް ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓުން ޖީއެޗްޖީ އިންވެޓްރީ ޑޭޓާބޭސް ސިސްޓަމު ގާއިމުކުރުމުގެ މަސައްކަތް ރިޓަރީވޯކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށްޓަކައި މިއަދު ވަނީ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ނިޒާމަކީ ”ކެޕޭސިޓީ ބިލްޑިންގ ފޯ އިމްޕްރޫވްޑް ޓްރާންސްޕޭރެންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް“ (ސީބީއައިޓީ) މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ ނިޒާމެކެވެ. މި މަޝްރޫއަކީ ގްލޯބަލް އެންވައިރަމެންޓް ފެސިލިޓީ (ޖީއީއެފް)އިން ފައިނޭންސްކޮށްގެން އދ. ގެ ކޮންސަލްޓަންސީގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

ގާއިމުކުރެވޭ ނިޒާމުގެ މައިގަނޑު މަގްސަދަކީ ގިނަ ތަންތަނުން ޖީއެޗްޖީ ޑޭޓާ އެއްކޮށް، ރައްކާކޮށް އަދި އެއްގޮތްކުރުމެވެ. މިގޮތުން ގާއިމުކުރެވޭ ނިޒާމަކީ ވަރުގަދަ، ބޭނުންކުރަން ފަސޭހަ އަދި މުސްތަގުބަލުގައި އިންވެންޓްރީ ޕްރޮސެސްތައް އަވަސްކުރުމަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޑޭޓާބޭސްއަކީ ޔޫއެންއެފްސީސީސީގެ ދަށުން ގައުމީ ރިޕޯޓިންގއަށް އެހީތެރިވެދޭނެ އަދި ހަކަތަ ބެލެންސްއާއި ދާއިރާތަކަށް ހާއްސަ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދޭނެ ޑޭޓާބޭސްއެކެވެ.

މި ޑޭޓާބޭސް ގާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)އިންނެވެ. މި މަސައްކަތް ކުރިއަށްގެންދެވޭނީ ޕެރިސް އެއްބަސްވުމުގެ އެންހަންސްޑް ޓްރާންސްޕޭރެންސީ ފްރޭމްވޯކް (އީޓީއެފް)ގެ ދަށުން ހާމަކަން ބޮޑު ގޮތެއްގައި މުއައްސަސާތަކުގެ އިންތިޒާމުތައް ހަރުދަނާކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: