އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސައުދި އަރަބިއްޔާގެ އޮވަރސައިޓް އެންޑް އެންޓި ކޮރަޕްޝަން އޮތޯރިޓީ(ނަޒާހާ) ގުޅިގެން ސައުދީ މޯލްޑިވްސް އިންޓަނޭޝަންލް ފޯރަމް އޮން އިންޓެގްރިޓީ ފޯރަމް ބާއްވަން ނިންމައިފިއެވެ.
އޭސީސީން މިކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މި ފޯރަމް ކުރިޔަށް ގެންދާނީ އަންނަ މަހުގެ 6 ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ފޯރަމަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަމާއި ހާމަކަން ބޮޑުމަކާއި ޖަވާބުދާރީވުން ކުރިއެރުވުމުމަށް އަމާޒުކޮށްގެން ކުރިޔަށް ގެންދެވޭ ފޯރަމެއް ކަމަށް އޭސީސިން ބުނިއެވެ.
މީގެއިތުރުން، މި ފޯރަމުގައި މަސައްކަތް ކުރަނީ އޯގަނިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުގެ ތެރޭގައި އަހްލާގީ ގޮތުން ހިންގާ ފަތުރުވެރިކަމުގެ ދާއިރާތައް ހިނާކުރުމަށް ކަމަށް
އޭސީސީން ބުނިއެވެ.
އޭސީސިން އިތުރަށް ބުނެފައިވަނީ، މި ފޯރަމުގެ އަލީގައި މުޅި އިސްލާމީ ދުނިޔޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ނަޒާހަތްތެރިކަން ހަރުދަނާކުރެވިގެންދާނެކަމަށެވެ.

