ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތާގުޅޭ ޤާނޫނު ތަރުތީބު ވާންޖެހޭނީ ޤާނޫނު ތަންފީޒު ކުރެވޭނެ ގޮތަށް: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ޤާނޫނާ ގުޅުންހުރި އެކިއެކި ފިޔަވަޅުތައް ތަންފީޒުކޮށް، ހޭލުންތެރިކަން އިތުރުކުރުމަކީ އެންމެ މުހިއްމު އެއް ކަންތައްކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

މެމްބަރު އެފަދއިން ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކައިގައެވެ. އެގޮތުން މެމްބަރު ޒިޔާދު ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ޤާނޫނާ ގުޅުންހުރި އެކިއެކި ފިޔަވަޅުތައް ތަންފީޒު ކުރުމަކީ އެންމެ މުހިއްމު އެއް ކަންތައް ކަމަށާއި، ނަމަވެސް ތަންފީޒު ކުރުމުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ.

ދުންފަތުން ދުރުހެލި މުޖުތަމައެއް އޮތުމަކީ މުހިއްމު ކަމެއްކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް 15 ވަރަކަށް އަހަރުވެގެންދާއިރު، މި ޤާނޫނަށް ގިނަ އިސްލާޙުތަކެއް ގެނެވިފައިވާ ކަމަށެވެ. ނަމަވެސް ޤާނޫނަށް އަމަލުކުރެވެނީ ކިހާ މިންވަރަކަށްތޯ އަދި ތަންފީޒުވަނީ ކިހާ މިންވަރަކަށްތޯ މެމްބަރު ވަނީ ސުވާލު ކުރައްވާފައެވެ.

މިއީ އަތްނުލާ އޮތް ޤާނޫނެއް، ނުކަނޑާ އޮތް ޤާނޫނެއް، މި ޤާނޫނަށް އަމަލު ކުރެވުނު އަދަދަށްވުރެ މި ޤާނޫނަށް ގެނެވުނު އިސްލާޙުތައް ގިނަ

ހަމައެއާއެކު، މިހާރު މި ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙުގެ ބިލަކީވެސް ތަންފީޒު ކުރަން އެންމެ އުނދަގޫވާނެ އެއް ބިލުކަމަށް މެމްބަރު ވިދާޅުވިއެވެ. މިސާލަކަށް ހޮޓާ ކެފޭ ރެސްޓޯރަންޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމުގެ މާއްދާތައް މިހާރުވެސް ހިމެނޭއިރު، އެކަންކަން ތަންފީޒުވަނީ ކިހާ މިންވަރަކަށްތޯ މެމްބަރު ސުވާލު ކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، އެންމެ މުހިއްމު އެއް ކަމަކީ ދުންފަތާމެދު ހޭލުންތެރިކަން އިތުރު ކުރުން ކަމަށާއި، ޚާއްސަކޮށް ޒުވާނުންނަށް އަމާޒުކޮށް ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ވަކިން ޚާއްސަކޮށް ދުންފަތުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރު ކުރުން މުހިއްމު ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެހެންކަމުން އެ ކަންކަމާމެދު ފުންކޮށް ވިސްނަންޖެހޭނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. ޤާނޫނު ތަރުތީބުވެގެން އަންނަންޖެހޭނީވެސް މި މުޅި ޤާނޫނު ތަންފީޒު ކުރެވޭނެ ގޮތްތަކެއް ބަލައިގެންކަމަށް މެމްބަރު ވިދާޅުވިއެވެ.

ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅާފައިވާއިރު، މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމަށްޓަކައި، ދުންފަތް އޮޅާ ކަރުދާހަށް ދުންފަތް އެޅުމަށްފަހު އެ އޮޅައި، ސިނގިރޭޓު ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް ޕެކް ކުރާ މެޝިނަރީވެސް ހިމެނޭކަމަށެވެ. 21 އަހަރުން ދަށުގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަންވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތާއި ދުންފަތް އެކުލެވޭ ބާވަތްތައް އުފެއްދުމަކީ މަނާކަމެކެވެ. އަދި ދުންފަތާއި އޭގެ ތަނޑީގެ އިތުރުން ނިކޮޓިން އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއްގެ އިސްތިއުމާލުކޮށްގެން އެތަކެތީގައި އެކުލެވޭ މާއްދާއެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީވެސް ދުންފަތުގެ ބާވަތެއްކަމަށް ގާނޫނުގައި ބަޔާން ކުރާކަމަށްވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: