ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތިން ފެންނަނަމަ އަވަހަށް ރިޕޯޓުކުރޭ: އެންޑީއޭ

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތީގައި ތިބޭ މަންޒަރު ފާހަގަވާނަމަ އެކަން ރިޕޯޓުކުރުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އެދިއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ މަގުމަތީގައި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ ފޮޓޯ އާއި ވީޑިއޯ ފަތުރަމުންދިޔުމާއި، އެފަދަ މީހުން ކުށްކުރުމާއި ގުޅިގެން އެ މީހުން ހިފަހައްޓައި އަނިޔާކުރުމާއި އަދި ވީޑިއޯކޮށް މީސްމީޑިއާގެ މަންސަތަކުގައި ފަތުރަމުންދާ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެންޑީއޭގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

މިކަންބޮޑުވުމާ ގުޅިގެން އެންޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޕާޓީކުރުމާއި، މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތީގައި ތިބޭ މަންޒަރު ފާހަގަކުރެވިއްޖެނަމަ 911 އަށް ގުޅުއްވައި އެކަން ރިޕޯޓުކުރުމަށް އެދިވަޑައިގެންފައެވެ. ނުވަތަ ހޮޓްލައިން 1410 ނަންބަރަށްވެސް ކަންބޮޑުވުންތައް ހިއްސާކުރެވޭނެކަން ނޫސްބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ މުޅި މުޖުތަމަޢުގެ އެހީތެރިކަމާ ބައިވެރިވުން ލިބި، ޝާމިލްގޮތެއްގައި މަސައްކަތްކޮށްގެން ނޫނީ ހައްލުކުރެވޭނެ ކަމަކަށްނުވާތީ މި މައްސަލަ ހައްލުކުރުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް އެންޑީއޭއިން ވަނީ އެދިވަޑައިގެންފައެވެ.

މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާޢީ ކުށެއްގެ އިތުރުން ސިއްހަތަށް ގެއްލުން ހުރި އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތްކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: