ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންދީގެ މައްޗަށް މެޑަމް ސާޖިދާ ކުރެއްވި ދައުވާގެ އަޑުއެހުން ފެމިލީ ކޯޓުގައި ފަށައިފި

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި މަންދީ ޒުބައިރު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުގެ އަބުރަށް އަރައިގަނެ، ކަރާމާތް ގެއްލޭ ގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރް (މަންދީ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ފެމިލީ ކޯޓުގައި ފަށައިފިއެވެ.

ފަސްޓްލޭޑީގެ ފަރާތުން މި މައްސަލައިގައި ދައުވާ ހުށަހަޅާފައިވަނީ ރެހެންދި ޗެމްބާސް ލޯފާމުންނެވެ. އެގޮތުން ދައުވާ ހުށަހަޅާފައިވަނީ އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބެއިރު (މަންދި) އަދި އެމްޑީޕީގެ މައްޗަށެވެ.

އޭގެ ތެރެއިން މަންދީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ބުދަ ދުވަހު ފެމިލީ ކޯޓުގައި ވަނީ ފަށާފައެވެ. ނަމަވެސް މިއީ ސިއްރުކޮށްގެން ކުރިއަށްގެންދާ އަޑުއެހުންތަކެކެވެ.

މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ދަރިކަލުން އުމައިރު މުޙައްމަދު މުއިއްޒުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގެން ކަމަށް ބުނެ މި މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ ފެމިލީ ކޯޓުގައި ވަނީ ދައުވާ އުފުލާފައެވެ.

މި ދައުވާތައް އުފުލީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކުޑަކުދިންގެ ހައްގަށް އަރައިގަތުމާއި ކުޑަކުދިންގެ ކާރާމާތާއި ރައްކާތެެރިކަން ނިގުޅައިގަތުން ހުއްޓުވުމުގެ މަގުސަދުގައިކަމަށް ލޯފާމުން ވަނީ ފާހަގަކޮށްފައެވެ.

ސިލްސިލާ އެއްވުމެއްގައި މަންދީ ވަނީ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި ގުޅުވައި ސަރުކާރަށް ފާޑުކިއުމުގެ ގޮތުން އުމެއިރުގެ ނަން ބޭނުންކޮށްފަ އެވެ. އޭނާ ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރީ އުމެއިރުގެ ސަބަބުން ކަމަށެވެ. މިއީ ދިވެހި ޒުވާނުންނަށް ދޭ އަނިޔާއެއްކަމަށް ބުނެ މަންދީ ވަނީ އުމެއިރު ހިމެނޭ ގޮތަށް ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: