ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނެރޭޝަނަލް ބޭންއަކީ ޒުވާން ޖީލުތަކާއި ހަމަޔަށް ވާސިލުކުރަން ވަރަށް މުހިންމު ކަމެއް: ސުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެނެރޭޝަނަލް ބޭންއަކީ ގައުމީ ވިސްނުމެއްގައި، ދިވެހިރާއްޖޭގެ ޒުވާން ޖީލުތަކާއި ހަމަޔަށް ވާސިލުކުރަން ވަރަށް މުހިންމުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާއި ގުޅޭގޮތުން ބަހުސްކުރަމުން ސުޖާއު ވިދާޅުވީ، ”މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގެ ޒުވާން ޖީލު މަސްތުވާތަކެއްޗާއި، ދުންފަތުގެ ވަބާއިން ސަލާމަތްވެފައި އޮތް ޖީލަކަށް ހެދުން“ ކަމަށެވެ. އަދި އެކަން ހުރިހާ ދިވެހި ރައްޔިތުންނަށް ސާފުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސުޖާއު ފާހަގަކުރެއްވި ގޮތުގައި، ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ މިހާރު ސަރުކާރުން އާމްދަނީ ހޯދުމަށް ކުރި ކަމެއް ކަމަށާއި، އެހެންނަމަވެސް ރައީސް މުއިއްޒު ދުންފަތް އިސްތިއުމާލުކުރާ ފަރާތްތައް މަދުކުރުމަށްޓަކައި ޖެނެރޭޝަނަލް ބޭންއެއް ވުޖޫދަށް ގެނައުމަކީ އެމަނިކުފާނުގެ ނިޔަތް ސާފުކަން ދައްކުވައިދޭ ކަމެކެވެ.

ސަރުކާރުގެ އައު ސިޔާސަތު ގެ ދަށުން 2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު ނުވަތަ އޭގެ ފަހުން އުފަންވާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި ވިއްކުން މަނާވެގެންދާނެއެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އިތުރަށް ސުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ މެޖޯރިޓީގެ ބާރު ބޭނުންކޮށްގެން ކުރާ މި މަސައްކަތަކީ ސިޔާސީ މަސައްކަތެއްގެ ބަދަލުގައި ދިވެހިރާއްޖޭގެ މުސްތަގުބަލު ސަލާމަތްކުރުމަށްޓަކައިކުރެވޭ މަސައްކަތެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: