ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދަނީ މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރަމުން: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު އިސްވެ ހުރެ މަސައްކަތްތެރިންގެ ހައްގުތައް ދަނީ ހަނިކުރަމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މޭ ޑޭގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް އަރިސްކުރައްވާ ކަމަށެވެ. މޭ ޑޭއަކީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް އޭރު އޮތް ނުރައްކާތެރި މާހައުލެއްގައި ކުރެވުނު ހިތްވަރުގަދަ މަސައްކަތްތައް ހަނދާންކޮށް، ރާއްޖެއިން ހޯދާފައިވާ ކާމިޔާބުތައް ހަނދާންކުރާ ދުވަހެއްކަމަށެވެ. އަދި އެ ހައްގުތައް ސަރުކާރު އިސްވެ ހަނިކުރަމުންދާކަމަށާއި، މިފަދަ ދަނޑިވަޅެއްގައި، އެ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތް ކުރުމުގެ އަޒުމް ކަނޑައެޅުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި މަސައްކަތްތެރިންގެ ވާހަކަ ދައްކައި، އެ ހައްގުތައް ފުޅާ ދާއިރާއެއްގައި ހޯދައިދިނުމަށް ވަކާލާތުކޮށްފައިވާ ޕާޓީއެއް ކަމަށެވެ. އެ ޕާޓީއިން އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދައިދީ ވަރުގަދަ އިގުތިސޯދެއް ބިނާކުރުމަށް ކަމަށް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މޭ ޑޭއާ ދިމާކޮށް އަނެއްކާވެސް ސަރުކާރުން މަސައްކަތްތެރިޔަކަށް ހަދިޔާއެއް ފޮނުވައިފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ވަފުދާއި ސަލާމް ކުރުމުން މެމްބަރަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެ ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުވުމާ ދެކޮޅަށް މިއަދު ނިކުންނަވާނެ ކަމަށެވެ. 

މީގެއިތުރަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މުސާރައިގެ އެއްހަމަކަން މިއަދު ރާއްޖެއަށް ނުހަނު ބޭނުންތެރި ކަމަށެވެ. ޝާހިދު ވިދާޅުވީ މަސައްކަތްތެރިންނަށް ގާނޫނުއަސާސީއާއި ގަނޫނުން ލިބިދޭ ވަޒީފާގެ އެންމެހައި ހައްގުތަކުގެ ކަށަވަރުކަމާ، އެއްވެސް ބިރެއް ނެތި ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ އަސާސީ ހައްގުތައް ޔަގީންކުރެވެންޖެހޭ ކަމަށެވެ. އަދި މުސާރައިގެ އެއްހަމަކަމަކީ އެއީ ރާއްޖެއަށް މިއަދު ނުހަނު ބޭނުންތެރިކަމެއް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: