ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޑޭގެ ހަރަކާތުގައި އެމްޑީޕީގެ ބައިވެރިވުން ނެތުމުން މޫސަގެ ކަންބޮޑުވުން!

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އަދި ކުރީގެ ޗެއަރޕާސަން މޫސަ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޭ ޑޭގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެމްޑީޕީގެ ފަރާތުން އެކަށީގެންވާ މަސައްކަތްތަކެއް ފެނިގެން ނުދިއުމާއި ގުޅިގެން އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސޯޝަލްމީޑިއާގައި އާންމުކުރެއްވި މޫސަ ވަނީ މޭ ޑޭ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަގުމަތީ ހަރަކާތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މޫސަ ވިދާޅުވީ، 2006 ވަނަ އަހަރުން ފެށިގެން މޭ ޑޭ ފާހަގަކުރުމުގެ ތެރެއިން ހޯދާފައިވާ ކުރިއެރުންތަކުގެ ތެރޭގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހައްގުތައް ހިމެނޭނެކަމަށެވެ. އަދި އެމްޑީޕީން މޭ ޑޭ ފާހަގަކުރަމުން އައިސްފައި ވަނީ މަސައްކަތްތެރިންގެ ހައްގުތަކުގެ އިތުރުން އެހެނިހެން ގިނަ ހައްގުތަކަކަށްވެސް ވަކާލާތުކުރަމުންކަމަށް ވިދާޅުވި އެވެ.

ނަމަވެސް 2025 ވަނަ އަހަރާއި ޖެހުނުއިރު އެމްޑީޕީގެ ހުރިހާ ހަރަކާތްތަކެއް ހުއްޓި މޭ ޑޭ އާއި ހިސާބަށް އައިއިރު އެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޑީޕީން އެއްވެސް މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ މަންޒަރު ފެނިގެންގޮސްފައިނުވާކަމަށް މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކަށް މިއަދު އޮތީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދުއްވައި ރިޔާސީ އިންތިހާބަށް ތައްޔާރުވުންތޯ ސުވާލު އުފެދޭކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އެމްޑީޕީގެ ރޫހުކަމަށްވާ ޕާޓީގެ މެމްބަރުން ނެތި ބައިވެރިވުމެއް ނެތި ކަންކަން ކުރަމުންދިއުމުން ރިޔާސީ އިންތިހާބަކާއި ހަމައަށް ދިއުމުގެ ކުރިން ވަރަށް ބޮޑަށް ކަންކަމާއިމެދު ވިސްނަން ޖެހިފައިވާކަމަށެވެ. މޫސަ ވިދާޅުވީ، މިހާރު ކަންކަން ކުރަމުންދާ ގޮތަށް ކުރިއަށް ގޮސްގެން  ކާމިޔާބު ހާސިލު ނުކުރެވޭނެކަމަށެވެ. އަދި ޕާޓީއަށް ލިބިގެންދާ ހުރިހާ ނާކާމިޔާބެއްވެސް ކުރިމަތިވަމުންދަނީ މެމްބަރުންގެ ބައިވެރިވުމެއް ނެތި ކަންކަން ކުރަމުންދިއުމުގެ ސަބަބުންކަމަށާއި މިއަދު ކުރިއަށްދާނެ މަގު ކަނޑައަޅަންޖެހިފައިވާކަމަށެވެ.

މޫސަ ވިދާޅުވީ، އެމްޑީޕީ ކުރިއަށް ގެންދެވޭނީ ލީޑަރުން ބަދަލުކޮށްގެން ކަމަށް ވާނަމަ އެކަން ކުރަންޖެހޭކަމަށެވެ. މޫސަ ވިދާޅުވީ، މިއަދު އެމްޑީޕީ ހިންގަން ތިބި މީހުންނަށް އެމްޑީޕީގެ ރޫހު ދިރުވައި އާލާކުރުމުގެ މަސައްކަތްތައް ނުކުރެވޭނަމަ ގައުމީ މަޖިލީހުން އެމީހުން ބަދަލުކޮށްގެންވިޔަސް އެކަން ކުރަންޖެހޭކަމަށެވެ. އަދި މޭ ޑޭގެ ހަރަކާތްތައް ނިކަމެތި ގޮތެއްގައި ކުރިއަށް ގެންދިއުމުން އެމްޑީޕީވަންތަކަން ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް ދެކިވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: