ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވުން ރޫޅާލީ ހުކުރު ދުވަހު އޯލެވެލް އިމްތިހާނު އޮތުމުން، ކިޔަވާ ކުދިންނަށް ތައްޔާރުވާން އުނދަގޫ ވާތީ: ފުލުހުން

ރޭގެ މުޒާހަރާ ރޫޅާލައި، އެ މުޒާރާގައި އުޅުނު އާއިޝަތު ޝިމަން ހައްޔަރުކުރަނީ/ ފޮޓޯ: ނުހާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އިމާރާތެއްގެ މަތީން ޒުވާނަކު ވެއްޓި ބޮޑެތި އަނިޔާތައް ލިބުނު މައްސަލައިގެ ތަހުގީގު ފުލުހުން ކުރިޔަށް ގެންދާ ގޮތާއި މެދު ސުވާލު އުފެދޭތީ ޒުވާނުންތައް ނިކުމެ ކުރަމުން ގެންދާ މުޒާހަރާ ރޭ ބާރުގެ ބޭނުންކޮށް ރޫޅާލީ ކިޔަވާ ކުދިންގެ މަސްލަހަތާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށްފަހުގައިކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މަހުގެ 18 ގައި ހިނގި އެ ހާދިސާގައި އަނިޔާ ލިބުނު ހައްވާ ޔުމްނު ރަޝީދަށް މިވަގުތު ފަރުވާ ދެމުން ދަނީ ރާއްޖެއިން ބޭރުގަ އެވެ. އަދި އޭނާ ވެއްޓުނު މައްސަލައިގައި ކުރެވޭ ބައެއް ތުހުމަތުތަކަށް އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް ހުރީ ފުލުހުންގެ ބަންދުގަ އެވެ.

މުޅި މައްސަލައިގެ އަސްލާއި މެދު ފުލުހުންގެ ފަރާތުން އެކަށީގެންވާ މައުލޫމާތެއް ނުލިބޭތީއާއި، ތަހުގީގު ކުރުމުގައި އޮޅުވާލުންތަކެއް އެބަހުރިކަމަށް ބުނެ ގިނަ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

މި މައްސަލައިގައި ޒުވާނުންތަކެއް ނިކުމެ ކޮންމެ ރެއަކު ވެސް ކުރަމުން ގެންދާ މުޒާހަރާ ފަށަނީ ހެންވޭރު މަޖީދީ މަގުގައި ހުންނަ ފުލުސް އޮފީސް ކައިރިންނެވެ. ރޭ ވެސް 20:00 ގައި އިހުތިޖާޖު ފެށިއިރު މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދުގައި ކެރަމް ބޯޑާއި، ޓީޓީ ބޯޑު ބަހައްޓައިގެން އިހުތިޖާޖުކޮށް މިއުޒިކް ކުޅެފައި ވެއެވެ.

ރޭ 12:00 ހާއިރު ފުލުހުން މުޒާހަރާ ރުޅާލުމަށް ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ވެސް ޖަހާފައި ވެއެވެ. އަދި އެއްވުމުގައި ދެ ޒުވާނަކު ހައްޔަރު ކުރި އެވެ. އެއީ

.ނ. ކުޑަފަރި، ބަގީޗާގޭ އަބްދުﷲ މަހުޒޫމް މާޖިދު، 28 އާއި މ. ހަސްތީ، އުމުރުން 19ބ އަހަރުގެ އާއިޝަތު ޝިމަން އަހުމަދެވެ. މަހުޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުުލުހުން ބުނިގޮތުގައި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ އަދި ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ. ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން ރޭ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުން އެކަމާއި ގުޅޭގޮތުން ސުވާލު ކުރަމުން ދަނިކޮށް އާންމު ކުރި ބަޔާނުގައި ބުނީ މިދިޔަ މަހުގެ 18 ގެ ފަހުން އެކި ރޭރޭ މަތީން މަޖީދޫ މަގުގެ އެންމެ ކާރޫބާރު ބޮޑު އެއް ސަރަހައްދު ބަންދުކޮށްގެން ތިބެ މުޒާހަރާ ކުރާއިރު އޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރަމުންދާކަމަށް ކެނޑިނޭޅި ޝަކުވާ ލިބެމުންދާ ކަމަށެވެ.

ފުލުހުން ބުނީ މި އިހުތިޖާޖުގައި، މަޖީދީ މަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާ ގޮތަށް މިއުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ދިއުމާ ގުޅިގެން މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައި ވާނެ ކަމަށެވެ.

ގްރޭޑު 10 ގައި ކިޔަވާ ކުދިންގެ އޯލެވެލް އިމްތިހާނު ފެށިގެން ކުރިޔަށް ދާއިރު، ފުލުހުން ބުނި ގޮތުގައި މިއަދަކީ ގިނަ ދަރިވަރުން ޓެސްޓަށް ތައްޔާރުވަމުން ދާ ދުވަހަކެވެ. އަދި ރޭގެ މުޒާހަރާ ރުޅާލި އެއް ސަބަބަކީ އެއީކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: