ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ އަހަރު ޕީއެސްއައިޕީގެ ގޮތުގައި ކަނޑައެޅި 12 ބިލިއަން ހުސްވިއިރު މަޝްރޫޢުތަކެއް ހިންގާފައި ނެތް: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު/ ފޮޓޯ: ސަންގުޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ އަހަރު ޕީއެސްއައިޕީގެ ގޮތުގައި ކަނޑައެޅި 12 ބިލިއަން ރުފިޔާ ހުސްވިއިރު އެއްވެސް މަޝްރޫޢުއެއް ކުރިއަށް ގެންދެވިފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު މަޖިލީހަށް ހާޒިރުކޮށް ރާއްޖޭގެ ރަށްތަކުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ފެނަކައަކީ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތަކެއް ހިންގަން ހުރި ކުންފުންޏެއް ނޫންކަމަށެވެ. އެހެންކަމުން ފެނަކައާއި ހަވާލުކޮށްފައިވާ އެފަދަ ޕްރޮޖެކްޓުތައް ބާތިލުކުރަން ނިންމަވާފައިވާކަންވެސް ހާމަކުރެއްވިކަމަށާއި ސަބަބަކީ އެކުންފުންޏަކީ އެއްވެސް ގޮތެއްގައި އެފަދަ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާ ކުންފުންޏެއްގެ ގޮތުގައި ދެކިވަޑައިނުގަތުންކަން ހިއްސާކުރެއްވިކަމަށް ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ، 30 މިލިއަން ނޫނީ 35 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް އެ ކުންފުންޏާއި ހަވާލުކޮށް 75 އިންސައްތައާއި ގާތްކުރާ ހިސާބަކަށް ނިންމާފައިވަނިކޮށް އެ އެއްބަސްވުންތައް ބާތިލުކުރުމަށްފަހު ޑަބަލް އަގުގައި އެމްޑަބްލިއުއެސްސީއާއި ހާވާލުކޮށްފައިވާކަމަށެވެ. މެމްބަރު ވިދާޅުވީ، ހަވާލުކޮށްފައިވަނީ ހަމަ ސަރުކާރުގެ ހިއްސާ އޮތް އެހެން ކުންފުންޏަކާއިކަމަށެވެ. ނަމަވެސް މިއަދު ފެނަކައިން މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށާއި އެހެންކަމުން ކުރިން ދެއްކެވި ވާހަކަތައް އޭރު ދެއްކެވީ ކޮން ވަޒީރެއްކަމެއް ސާފުނުވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ދެން އެންމެ ގިނައިން މަޖިލީހުގައި ދެކެވޭ އެއް ވާހަކައަކީ އެއްވެސް ޕްލޭނެއް ނެތި ކުރީ ސަރުކާރުން އެމްޓީސީސީއާއި 20 ބިލިއަން ރުފިޔާއިން އަގުކުރެވޭ މަޝްރޫޢުތައް ހަވާލުކޮށްފައިވާ ވާހަކަ ކަމަށެވެ. އަދި އެއީ ތެދަކަށްވެސް ވުން އެކަށީގެންވާކަން ފާހަގަކުރެއްވިއިރު މި ސަރުކާރުންވެސް އެ މަޝްރޫޢުތަކުގެ މައްޗަށް އިތުރު މަޝްރޫޢުތަކެއް ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމްޓީސީސީއާއި އެއަރޕޯޓު ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާކަމަށާއި މީގެ ކުރިން ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތައް ނުހިނގަނީސްވެސް ބައެއް ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާކަން ޔަގީންވެވަޑައިގަންނަވާކަމަށެވެ.

ޝަމްހީދު ވިދާޅުވީ ތ އަތޮޅުގައި ޕްރޮޖެކްޓެއް ހަވާލުކޮށްފައިވާކަމަށާއި ފ އަތޮޅުގެ އިތުރުން ފައިނުގައިވެސް ދާދި ފަހުން ޕްރޮޖެކްޓެއް އެ ކުންފުންނާއި ހަވާލުކޮށްފައިވާކަމަށެވެ. މެމްބަރު ވިދާޅުވީ ދިއްދޫ އެއަރޕޯޓުގެ މަޝްރޫޢުވެސް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައިކަމަށެވެ. އަދި އެކަން ކުރެވިފައިވަނީ އެއްވެސް ޕްލޭނެއް ނެތިކަމަށްވެސް ސިފަކުރެއްވިއިރު މީގެ ކުރިން އެމްޑީޕީއަށް ކުރި ތުހުމަތުތައް މިކަމުގެ ސަބަބުން މިނިސްޓަރ މުއްތަލިބުވަނީ އަމިއްލަ ނަފްސަށްވެސް އަމާޒުކުރައްވާފައިކަމަށް ހިއްސާކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ދައްކަމުންދާ ވާހަކަތައް އެއްގޮތަކަށްވެސް ދިމާނުވާކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގައި ބަޖެޓެއް ނެތް މަޝްރޫޢުތަކެއް ހަވާލުކޮށްފައިވާ ވާހަކަތައް ދެއްކުމަށްފަހު ނިމިދިޔަ އަހަރު ޕީއެސްއައިޕީެ ގޮތުގައި ކަނޑައަޅާފައިވާ 12 ބިލިއަން ހުސްވިއިރު އެ ފައިސާއިން އެއްވެސް މަސައްކަތްތަކެއް ކުރެވިފައިވާ މަންޒަރު ފެނިގެން ނުދާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: