ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންގެ އެއްވުމުގައި ބާރުގެ ބޭނުންކުރުން އެމްޑީއޭއިން ކުށްވެރިކޮށްފި

ޔުމްނުއަށް އިންސާފު ހޯދައިދިނުން އެދި ކުރި މުޒާހަރާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބާރުގެ ބޭނުންކުރުން މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކުށްވެރިކޮށްފިއެވެ.

އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބާރުގެ ބޭނުންކޮށް، މުޒާހަރާގެ އިސްކޮށް އުޅުނު ދެ ޒުވާނަކު ހައްޔަރުކުރުން އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެއްވެސް ޝަރުތަކާ ނުލައި އެ ދެ ޒުވާނުން ވަގުތުން ވަގުތަށް މިނިވަން ކުރުމަށްވެސް އެމްޑީއޭއިން ވަނީ ގޮވާލާފައެވެ.

އެމްޑީއޭގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް ސުލްޙަވެރިކަމާއެކު އެއްވެ ޝުއޫރު ފާޅުކުރަމުން ދިޔަ ޒުވާނުންނާ ދެކޮޅަށް އެކަށީގެން ނުވާ މިންވަރުގެ ބާރުގެ ބޭނުންކޮށް، އެއްވުން ރޫޅާލާފައިވަނީ ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤެއް ހަނިކުރުމުގެ މަޤްސަދުގައިކަމަށް ދެކޭކަމަށްވެސް އެމްޑީއޭއިން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކަށް އެމްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ފަރާތްތަކަށްވެސް ވީހާވެސް ފުޅާ ދާއިރާއެއްގައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި، ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ދިނުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: