ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއިމެދު ޝާހިދުގެ ކަންބޮޑުވުން!

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުންގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއިމެދު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ޝާހިދު އެފަދައިން ކަންބޮޑުވުން ފާޅު ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ޝާހިދު ވަނީ ޒުވާނުންގެ ޙަރަކާތުގެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ފަރާތްތައް ފުލުހުން ހައްޔަރުކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ، ސިލްސިލާކޮށް ޒުވާނުން އިހުތިޖާޖު ކުރަމުންދާއިރު، ޒުވާނުން ގޮވާލަމުންދާ މައިގަނޑު ކަންކަމަކީ މުޅި ޤައުމު ސިއްސުވާލި މި ބޮޑު މައްސަލައިގައި އަދުލު އިންސާފު ޤާއިމުކޮށް ޖަވާބުދާރީވުމަށް ކަމަށެވެ.

މީގެ އިތުރުން، ފުލުހުން ބޭނުންކުރަން ޖެހޭ މިންވަރަށްވުރެ ބޮޑަށް ބާރުގެ ބޭނުންކޮށްފައިވާކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށާއި، އެއީ ބިރުވެރި ކަމެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ހަމައެއާއެކު، ސުލްޙަވެރި އިހުތިޖާޖުތަކަށް ހުރަސް އަޅައިގެން އަމާންކަން ޤާއިމު ނުކުރެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން ނުކުންނާނީ ނޭދެވޭ ނަތީޖާތަކެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ މުޒާހަރާއިން ހައްޔަރުކުރި ޒުވާނުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ އެވެ. އަދި ރޭ ފުލުހުން ވަނީ 12 ޖަހާކަންހާއިރު ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި ޕެޕޭ ސްޕްރޭ ޖަހާފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް އުޅޭ ދެ ޒުވާނަކު ހައްޔަރު ކުރި އެވެ.

ބާރުގެ ބޭނުން ކުރި ސަބަބެއްކަމަށް ފުލުހުން ބުނީ ގްރޭޑު 10 ގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮތް އިރު ދަރިވަރުންނަށް އަޑުގަދަވުމުގެ ސަބަބުން ކިޔެވުމުގައި ދަތިތައް ދިމާވުމެވެ. ހަމައެއާއެކު، މި އިހުތިޖާޖުގައި މަޖީދީމަގު ފަދަ މުހިއްމު މަގެއް ދަތުރުފަތުރަށް ބަންދުވާ ގޮތަށް، މިއުޒިކް ކުޅުމާއި، ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަޙަތާ ފުށުއަރާ ކަންކަން ކުރަމުން ދިއުމާ ގުޅިގެން އެކަން އެހެން ނުކުރުމަށް ތަކުރާރުކޮށް ނަސޭޙަތްތެރިވެފައިވާނެކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: