ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަވަސް ފިޔަވަޅުތަކުގެ ސަބަބުން ޖަރާސީމު ފެތުރުން ހުއްޓުވިއްޖެ: އައިޖީއެމްއެޗް

އައިޖީއެމްއެޗް ހޮސްޕިޓަލު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްއިން އެންއައިސީޔޫގައި ތިބި ކުދިންތަކުގެ ތެރެއިން ބައެއް ކުދިންތަކެއްގެ ގައިން މަލްޓި-ޑްރަގު ރެޒިސްޓަންޓް އޯގަނިޒަމް (އެމްޑީއާރްއޯ) ފެނިފައިވާއިރު، މި ޖަރާސީމު ފެތުރުނަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، 28 ހަފްތާއަށްވުރެ ކުރިން އުފަންވެ، އެންއައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލްއަކުން އެމްޑީއާރް ”ބަރކޯލްޑޭރިއާ ސްޕޭޝިއާ“ ފެނިފައިވާ ކަމަށެވެ.

އެއާއެކު ވަގުތުން ކުއްޖާ އައިސޮލޭޓް ކުރެވި، ޖަރާސީމު އިތުރަށް ފެތުރިގެން ދިއުން ހުއްޓުވުމަށް ސާމްޕަލް ނަގައި ފިޔަވަޅުތައް އެޅިފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި ކޭސް ކުރިމަތިވުމަށްފަހު އިތުރަށް ނެގުނު ސާމްޕަލްތަކުން އެންއައިސީޔޫގައި އެޑްމިޓްކޮށްފައި ތިބި އިތުރު 4 ތުއްތުކުދިން ގެ ހަށިގަނޑުންވެސް އެ ޖަރާސީމު ފެނިފައިވެއެވެ. އެ ހުރިހާ ކުދިންނަކީވެސް ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ ކުދިންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދުވަސް ނުފުރާ ވިހާފައިވާ 3 ކުދިންނާއި، ދުވަސްފުރާ ވިހާފައިވާ ކުއްޖެކެވެ.

އެހެންކަމުން މިހާރު އެންއައިސީޔޫގައި ފަރުވާދެމުންދާ 10 ކުދިންގެ ތެރެއިން ޖަރާސީމަށް ފައްސިވެފައިވަނީ 5 ކުދިންނެވެ. އޭގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަންވެސް ކުރިއަށްދާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ހަމައެއާއެކު، ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން މިހުރިހާ ކުދިން އައިސޮލޭޓްކޮށް، އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކާއެކު ގާތުން ބަލަމުންދާކަމަށްވެސް ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދޭ ގޮތުގައި އަވަސްކަމާއެކު ވިލަރެސް ކުރެވިގެން އެޅުނު ފިޔަވަޅުތަކުގެ ސަބަބުން މި އިންފެކްޝަން އިތުރަށް ފެތުރުން ވަނީ ހުއްޓުވިފައެވެ. އަދި 15 އޭޕްރީލް 2025 ގެ ފަހުން އިތުރު ކޭސްއެއް ރިޕޯޓު ކުރެވިފައިނުވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: