ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް: ރައީސް

ޤައުމީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި، ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ވަރލްޑް ޓޫނާ ޑޭގެ މުނާސަބަތާ ގުޅުވައިގެން އެމަނިކުފާނުގެ ރަސްމީ ’އެކްސް‘ އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓުގައި ރައީސް މުއިއްޒުވަނީ ސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެއާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން ދުނިޔޭގެ ނިސްބަތުން އެންމެ ސާފު، ރީތި އަދި ކަނޑުގެ ދިރުންތަކާއި ރައްޓެހި މަސްވެރިކަމެއް ކުރަމުންދަނީ ދިވެހިރާއްޖޭގައިކަމަށާއި ޒަމާނުއްސުރެ ދިވެހީން ކުރަމުން އައި ތިމާވެއްޓާ ރައްޓެހި ދޮށީގެ މަސްވެރިކަމަށް ބަލާއިރު، މިފަދަ މަސްވެރިކަމެއް އެންމެ ފުޅާދާއިރާއެއްގައި މިއަދު އޮތީވެސް ރާއްޖޭގައިކަމަށެވެ. ނަމަވެސްދުނިޔޭގެ ބާޒާރުގައި ދޮށީގެ މަސްވެރިކަމުން ބާނާ މަސް ވިއްކުމާއި އަގު ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖެއަށް ނެތް އިރު، މިކަމުގެ ފައިދާ ނަގަމުން އަންނަނީ ވާދަވެރި އެހެން ގައުމުތަކުންކަމަށް ވަނީ ބުނެފަ އެވެ.

ބަޔާނުގައިވާގޮތުން ދިވެހީން އެ މަސައްކަތަކަށްޓަކައި ފަޚްރުވެރިވާ މަސްވެރިކަމުގެ ސިނާޢަތް ނެގެހެއްޓެވުމަށްޓަކައި އަދުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި ސަރުކާރުގެ މިހިނގާ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، މާތް ﷲގެ އިރާދަފުޅާއެކު ދިވެހިރާއްޖޭގައި އެއްފަހަރާ 25000 ޓަނުގެ މަސް ރައްކާކުރެވޭނެ ޤާބިލުކަން އިތުރުކުރެވިގެންދިއުމަކީ އަމާޒެއްކަމަށް ބުނެފައިވެއެވެ. އަދި މި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައިކަމަށާއި ބައެއް ޢަމަލީ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަން ހާމަކޮށްފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް، އިތުރަށް ފުޅާކުރުމުގެ ގޮތުން ފަރުމަސްވެރިކަމާއި ސްޕޯޓްސް ފިޝިންގް ތަރައްޤީ ކުރުމަށް އަމާޒުކޮށްގެން އެސް.އެމް.އީ ޑިވަލޮޕްމަންޓް ފައިނޭންސިންގް ކޯޕަރޭޝަނާ ގުޅިގެން ޚާއްޞަ ލޯން ޕްރޮގްރާމެއް މިދިޔަ އަހަރު ތައާރަފްކުރެވިފައިވާކަމަށެވެ. އަދި 30 މިލިއަން ރުފިޔާގެ މި ޕްރޮގްރާމްގައި މިހާހިސާބަށް، 62 ފަރާތެއް ކަނޑައަޅުއްވައި، ލޯނު ދޫކުރުމުގެ މަސައްކަތްތައް ފެށިފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

މަސްވެރިކަމުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ ބޭނުން ހިފޭނެމަގު ތަނަވަސްކޮށްދެއްވުމަށްވެސް އަދުގެ ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެފައިވެއެވެ. އަދި މަސްވެރިކަމުގެ ދާއިރާ، ސިނާޢަތެއްގެ ގޮތުގައި ކުރިއަރުވައި، މި ސިނާޢަތަށް ބޭނުންވާ މީހުން ބިނާކުރުމަށް ޢިލްމީ ރޮނގުންވެސް ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށް ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވޭތުވެދިޔަ ދޮޅު އަހަރެއްހައި ދުވަހަކީ މަސްވެރި ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ދުވަސްތަކެކެވެ. އަދި ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދެވުމަށް ޙިކުމަތްތެރިކަމާއެކު ސަރުކާރުން މިހާރުވެސް ގެންދަވަނީ މަސައްކަތްކުރައްވައި، ޢަމަލީ ގޮތުން ތަފާތު ދައްކުވައިދެއްވަމުންކަމަށްވެސް ބުނެފައިވެއެވެ.

ވަރލްޑް ޓޫނާ ޑޭގެ ގޮތުގައި ފާހަގަކުރަނީ މެއި މަހުގެ 2 ވަނަ ދުވަހެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދުނިޔޭގެ ކަނޑުތަކުން އާދަޔާ ޚިލާފަށް ގިނައިން ކުރެވޭ މަސްވެރިކަމުގެ ސަބަބުން، ކަނޑުމަހުގެ އާބާދީ ދަށްވުމުންދާ ދިއުމަށް ޙައްލު ހޯދުމަށް މަސައްކަތްކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: