ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ: ޚުތުބާ

ހުކުރު ނަމާދުގެ ހުތުބާ ކުރިއަށްދަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

”ތިޔަބައިމީހުންނަކީ ލޯބިވާ އަޚުންތަކެއް ކަމުގައިވާށެވެ“ މި މައުޟޫގެ މައްޗަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، އެންމެ ނުބައި މީހުންނަކީ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސުލްޙަމަސަލަސްކަން ނަގާލައި، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރާ މީހުން ކަމަށެވެ.

މީގެ އިތުރުން، ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނެފައިވަނީ، ހަރުކަށިކަމާއި ނަފްރަތުން މީސްތަކުން ދީނާ ދުރުކުރުވާ މީހުންނާއި، ހުތުރުބަހުން މީހުންނާ މުއާމަލާތުކޮށް އަނިޔާވެރިވާ މީހުންނާއި، މީހުންގެ ހިތްތަކުގައި ނަފްރަތު އުފައްދާ މީހުންގެ އިތުރުން، ތަންދޮރު ނުދަނެ ތިބެ ފަތުވާ ދިނުމަށް އަވަސްވެގަންނަ މީހުންނަށްވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ.

ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެއެވެ

މީގެ އިތުރުން، އުރެދުމާއި ފަސާދައަށް ގޮވާލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ބިރުވެތިވުމަށްވެސް ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފެހެއްޓުމަށްވެސް ވަނީ ހަނދާންކޮށްދީފައެވެ.

އަދި އެކަކު އަނެކަކަށް ރަހުމުކޮށް އޯގާތެރިވުމަށްވެސް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، މީހަކު އެހެން މީހުންގެ އަބުރަށް އަރައިގަނެ، ފަޟީހަތްކުރުމާއިގެން ތެދުވެއްޖެނަމަ، މާތް ﷲ އެމީހަކު ފަޟީހަތްކުރައްވާނެ ކަމަށާއި، އެހެން މީހަކަށް ހެޔޮކަމެއް ލިބެން ނޭދޭ މީހާ ހެޔޮކަމުން މަޙްރޫމް ކުރައްވާނެ ކަމަށެވެ. އަދި މީހަކަށް ދަތިކޮށްފި މީހަކަށް ދަތިކަންވެސް ކުރިމަތިވާނެކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ﷲ ގެ އަޅުތަކުންނަށް ފައިދާ ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤުކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، މި ދުނިޔެއަކީ ދެމިހުރުން އޮތް ތަނެއް ނޫންކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، ކޮންމެ މީހަކީވެސް މި ދުނިޔެ ދޫކޮށް ދާނެ މީހެއް ކަމަށާއި، އިންސާނާ ލާ ކޮންމެ ނޭވާއަކީވެސް އޭނާގެ ނަފްސު މަރާ ގާތްކޮށް ދުނިޔެއަށް އަލްވަދާއު ކިޔާ ނޭވާއެއް ކަމަށެވެ.

އެހެންކަމުން އެ ކަންކަމާ ވިސްނާ ފިކުރު ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: