މާލޭގެ އިމާރާތެއްގެ މަތީން ވެއްޓުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދާ ސިލްސިލާގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މިދިޔަ މަހުގެ 18 ގައި ހިނގި އެ ހާދިސާގައި އަނިޔާ ލިބުނު ހައްވާ ޔުމްނު ރަޝީދަށް މިވަގުތު ފަރުވާ ދެމުން ދަނީ ރާއްޖެއިން ބޭރުގަ އެވެ. އަދި އޭނާ ވެއްޓުނު މައްސަލައިގައި ކުރެވޭ ބައެއް ތުހުމަތުތަކަށް އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް ހުރީ ފުލުހުންގެ ބަންދުގަ އެވެ.
މުޅި މައްސަލައިގެ އަސްލާއި މެދު ފުލުހުންގެ ފަރާތުން އެކަށީގެންވާ މައުލޫމާތެއް ނުލިބޭތީއާއި، ތަހުގީގު ކުރުމުގައި އޮޅުވާލުންތަކެއް އެބަހުރިކަމަށް ބުނެ ގިނަ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.
މި މައްސަލައިގައި ޒުވާނުންތަކެއް ނިކުމެ ކޮންމެ ރެއަކު ވެސް ކުރަމުން ގެންދާ މުޒާހަރާ ފަށަނީ ހެންވޭރު މަޖީދީ މަގުގައި ހުންނަ ފުލުސް އޮފީސް ކައިރިންނެވެ. ރޭ ވެސް 20:00 ގައި އިހުތިޖާޖު ފެށިއިރު މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދުގައި ކެރަމް ބޯޑާއި، ޓީޓީ ބޯޑު ބަހައްޓައިގެން އިހުތިޖާޖުކޮށް މިއުޒިކް ކުޅެފައި ވެއެވެ.
ރޭ 12:00 ހާއިރު ފުލުހުން މުޒާހަރާ ރުޅާލުމަށް ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ވެސް ޖަހާފައި ވެއެވެ. އަދި އެއްވުމުގައި ދެ ޒުވާނަކު ހައްޔަރު ކުރި އެވެ. އެއީ
.ނ. ކުޑަފަރި، ބަގީޗާގޭ އަބްދުﷲ މަހުޒޫމް މާޖިދު، 28 އާއި މ. ހަސްތީ، އުމުރުން 19ބ އަހަރުގެ އާއިޝަތު ޝިމަން އަހުމަދެވެ. މަހުޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުުލުހުން ބުނިގޮތުގައި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ އަދި ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ. ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަ
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޝިމަންއާއި، މަހުޒޫމް ހައްޔަރު ކުރީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރަނިކޮށެވެ. އަދި އެއީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެއްކަމަށް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ހައްޔަރު ކުރި ދެ ޒުވާނުން ވެސް ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ހައްގުތަކުގެ ދިފާއުގައި ޒުވާނުންތަކެއް ނިކުމެ ވަކާލާތު ކުރުމަކީ ލިބޭ ހިތްވަރެކެވެ. އަދި މުޒާހަރާ ކުރާ ޒުވާނުންގެ އަޒުމާއި ހިތްވަރުން އެކްޓިވިޒަމްގެ ބާރު ދައްކުވައިދޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއީ ހައްގުތަކުގެ ދިފާއުގައި ވަރަށް ޒުވާން އުމުރުގައި ނިކުމެ އެ ޒުވާނުން ކުރާ މަސައްކަތެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހައްގުތަކުގެ ދިފާއުގައި ތެދުވެ ވަކާލާތު ކުރުމަށް ހިތްވަރު ލިބޭ އަދި އެކަމަށް ބާރު އަޅާ ސަގާފަތެއް ބިނާ ކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މުޒާހަރާގައި ހައްޔަރު ކުރި ޝިމަންއާއި، މަހުމޫޒް ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ، ޑިމޮކްރެޓްސް އަދި އެމްޑީއޭ ވެސް ގޮވާލާފައި ވެއެވެ.

