ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާސްމީންގެ ޕޯސްޓެއްކަމަށް ބުނެ ދައުރު ކުރަނީ ފޭކް ސްކްރީންޝޮޓެއް: އާޒިމާ

ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒުކަމަށް ބުނެ ދައުރު ކުރަމުން ދަނީ ހަގީގަތާއި ހިލާފު ސްކްރީންޝޮޓެއްކަމަށް އެމަނިކުފާނުގެ އާއިލާގެ ގަނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާއަކީ ރައީސް މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒާއި ގުޅުވައި އެމްޑީޕީގެ އެއްވުމެއްގައި ދެކެވުނު ވާހަކައާއި ގުޅޭގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ވެސް އާއިލާގެ ވަކީލެވެ.

ހ. ފެންޓެނޯއީގެ 09 ވަނަ ފަންގިފިލާގެ ފެންލައިޓަކުން ވެއްޓި ޒުވާން އަންހެނަކަށް އަނިޔާތައް ލިބުނު މައްސަލައިގައި ފުލުހުންގެ ތަހުގީގާއި ގުޅޭ ބޮޑެތި ސުވާލުތައް ވަނީ އުފެދިފަ އެވެ. އަދި ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި ކުރިޔަށް ގެންދާ ސިލްސިލާ އެއްވުން ރޭ ފުލުހުން ރޫޅާލީ ބާރުގެ ބޭނުންކޮށް ޕެޕާރ ސްޕްރޭ ޖަހައި ދެ ޒުވާނަކު ހައްޔަރު ކުރުމަށް ފަހު އެވެ.

ރޭ ފުލުހުން ހައްޔަރު ކުރީ އުމުރުން 19 އަހަރުގެ މ. ހަސްތީ، އައިޝަތު ޝިމަންއާއި، ނ.ކުޑަފަރި، ޢަބްދުﷲ މަޙްޒޫމް މާޖިދެވެ.

ހައްޔަރު ކުރި ދެ ޒުވާނުންގެ ތެރެއިން ޝިމަންއަށް އަމާޒުކޮށް ޔާސްމިން ސޯޝަލް މީޑިއާގެ އިންސްޓަގްރާމްގެ ”ކްލޯސް ފްރެންޑްސް“ ސްޓޯރީގެ ޕޯސްޓު ކުރިކަމަށް ދަނީ ދައުރުވަމުންނެވެ. އަދި ސްކްރީންޝޮޓެއް އާންމުވެފައިވާއިރު، އާޒިމާ ވިދާޅުވި ގޮތުގައި އެއީ ހަގީގަތާއި ހިލާފު ޕޯސްޓެކެވެ.

ރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭރުން ކުރި މައްސަލަ ވަނީ ގޯސްވެފަ އެވެ. އެ މައްސަލައިގައި ފުލުހުން ބުނީ އެއްވުން ރޫޅާލި އެންމެ ބޮޑު ސަބަބަކީ މިއަދު އޮތް އޯލެވެލް އިމްތިހާނެވެ. އަދި ބުނީ އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުންނަށް ދަތިތައް ދިމާވާތީ އެކަމުގެ ޝަކުވާ ލިބެމުން ދިޔަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: