ހުޅުމާލޭގައި ތަރައްގީކުރަމުންދިޔަ ހޮޓެލް އިމާރާތުގެ މަސައްކަތް ނިންމުމަށް ”ވާލްޑް އޮފް ބިޒްނަސް“އާއި ހަވާލުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި ހޮޓެލް ބިލްޑިންއަކީ، 2007 ވަނަ އަހަރު އެސްޓީއޯއިން ހުޅުމާލެ ފޭސް 1ގައި ހޮޓަލެއް އެޅުމަށް ގަނެފައިވާ ބިމެކެވެ. އަދި 2011 ވަނަ އަހަރު އެސްޓީއޯއިން އެމެރިކާގައި ގާއިމުވެ ހުންނަ ވިޔަފާރި ކުންފުނިއެއްކަމަށްވާ ”ކާލްސަން ގްރޫޕް“އަށް ފައިވް ސްޓާރ ފެންވަރުގެ 250 ކޮޓަރީގެ ހޮޓަލެއް އެޅުމަށް ހަވާލުކުރިއެވެ. އެހެންނަމަވެސް، އެ ބިލްޑިންގ އިމާރާތްކުރުމަށް ރޭވިފައިވާ ގޮތަށް ނުނިމި، 2018 ވަނަ އަހަރު އެސްޓީއޯއިން ވަނީ އެ ހޮޓަލް ވިއްކާލުމުގެ މަސައްކަތް އެކިފަހަރު މަތީން ކުރިޔަށް ގެންގޮސްފަ އެވެ.
އެގޮތުން، ތަން ނުވިކުމުން، ކުންފުނިން ވަނީ އެޗްޑީސީއާއި ގުޅިގެން ހޮޓަލް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި 2021 ވަނަ އަހަރު އެޗްޑީސީން ވަނީ އެ ހޮޓަލް ހިންގާނެ ގްރޫޕެއް ހޯދުމަށް ވެސް އިއުލާނު ކުރި އެވެ. އެގޮތުން، 2024 ވަނަ އަހަރުގެ މިނިވަން ދުވަހުގައި ރައީސް ވިދާޅުވީ، އެ ހޮޓެލް އިމާރާތުގެ ބައެއް ފަންގިފިލާތައް މީޑިއާ ވިލެޖެއްގެ ގޮތުގައި ބޭނުންކުރެވިގެންދާނެކަމަށެވެ.
މިކަމާއި ގުޅިގެން އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެގައި ބުނެފައިވަނީ، އެ ހޮޓެލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ ސަރަހައްދު (3.5 ފްލޯ ސްޕޭސްގައި) ސަރުކާރުންވެފައިވާ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތް ސެންޓާ، ހެރިޓޭޖްކޮލެޖުގެ އިތުރުން މެޑިކަލް ކޮލެޖެއް ތަރައްގީކުރުން ހިމެނޭކަމަށެވެ.
ހުޅުމާލޭގައި ގާއިމުކުރެވޭ ހޮޓެލް ބިލްޑިންގއިން މީޑިއާތަކަށް ފުރުސަތުދިނުމުގެ ގޮތުން މީޑިއާ ވިލެޖެއް ވިލެޖެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި އެ ހޮޓެލް ބިލްޑިންގައި ގާއިމުކުރާ އިތުރު ފެސިލިޓީތައް ގާއިމުކޮށް، އެ ފެސިލީޓީތަކުން ދޭ ހިދުމަތް ލިބިމުގެ ފުރުރސަތު ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަގީންކަންވެސް އަމަނިކުފާނުވަނީ ދެއްވައިފައެވެ.

