ޒުވާނަކު ފުރާޅަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން، އެކުވެރި އުމުރުފުރައިގެ ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ އަޑުއުފުލަމުންދާ މައްސަލައިގައި، މުޖުތަމަޢުގެޢުގެ ތެރޭގައި ދެ ބަޔަކަށް ބެހިގެން ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. އެއް ބައެއްގެ ނަޒަރުގައި މިއީ އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކެއް ކަމަށްވާތީ، މިފަދަ ކަންކަމަށް ފުރުޞަތު ދޭން ނުޖެހޭ ކަމަށް ދެކެއެވެ. އަނެއް ބައިގެ މީހުން މިކަމަށް ތާއީދުކުރެއެވެ. މި ޚިޔާލު ތަފާތުވުން އުފެދިފައިވަނީ މި ހަރަކާތްތަކުގެ މަޤްޞަދާއި ބާވަތާ މެދު ސުވާލު އުފެދިފައިވާތީއެވެ. އެގޮތުން، މިއީ ސުލްޙަވެރި ހަރަކާތެއްތޯ ނުވަތަ ޤައުމު ހަލަބޮލިކުރުމަށް ހިންގޭ ހަރަކާތެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
ދިވެހިރާއްޖާއްޖޭގެ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކުގެ ތެރޭގައި ސުލްޙަވެރިކަމާއެކު އެއްވެ އަޑުއުފުލުމުގެ މިނިވަންކަން ހިމެނެއެވެ. މިއީ އެއްވެސް ބަދަލެއް ގެންނަން ނުޖެހޭ މުހިންމު އަސާސީ ޙައްޤެކެވެ. ނަމަވެސް، އަމާން އާންމު ދިރިއުޅުމެއް ކަށަވަރުވެފައި އޮތުމަކީވެސް ހަމަ އެފަދަ މުހިންމު ޙައްޤެކެވެ.
ޤައުމެއް ހަލަބޮލިކުރުމަށް ހިންގޭ ހަރަކާތަކާއި ސުލްޙަވެރި ހަރަކާތެއްގެ ދެމެދުގައި ފާހަގަކުރެވޭ ތަފާތުތަކެއް ހުރެއެވެ. މައިގަނޑު އެއް ތަފާތަކީ އިޖުތިމާޢީ އަދި ސިޔާސީ ބަދަލުތައް ގެނައުމަށްޓަކައި ޚިޔާރުކުރާ މަގެވެ. ޤައުމެއް ހަލަބޮލިކުރުމަށް ނުކުންނަ ބަޔަކު އާންމުކޮށް ނުކުންނާނީ ފަސާދައިގެ މަގު ޚިޔާރުކޮށް، ޤައުމުގެ ހުރިހާ ބާރުތަކެއް ބަލައިނުގަންނަން ނިންމައިގެންނެވެ. އެ ފަރާތްތަކުގެ އަމާޒަކީ އެއިރެއްގައި އޮތް ސަރުކާރެއް ވައްޓާލައި، އެ ބައެއްގެ ޚިޔާލުތަކުގެ މައްޗަށް މުޖުތަމަޢު ބިނާކުރުން ނުވަތަ ވީހާވެސް ބޮޑަށް ހަލަބޮލިކަން އުފެއްދުމެވެ.
އެހެންނަމަވެސް، ސުލްޙަވެރި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މުޒާހަރާތަކާއި އެއްވުންތަކަކީ އާންމުންގެ ޚިޔާލު ހޯދައި، އާންމުންގެ ސަމާލުކަމަށް ކަންކަން ގެނެސް، އެއިރެއްގައި އޮތް ސަރުކާރަކުން ގެންގުޅެމުންދާ ނުރަނގަޅު އަދި ޙާލަތާ ނުބައްދަލު ސިޔާސަތުތައް ބަދަލުކުރުމަށް ބާރު އެޅުމުގެ ގޮތުން ހިންގޭ ހަރަކާތްތަކެކެވެ. މިއީ އެއްވެސް ޙާލަތެއްގައި ސަރުކާރެއް ވައްޓާލުމަށް ހިންގޭ ހަރަކާތްތަކެއް ނޫނެވެ.
ޤައުމެއް ހަލަބޮލިކޮށް، މަޞްލަޙަތު ނަގާލުމަށް ނުކުންނަ ބަޔަކު ގެންގުޅޭނެ ޝޢާރުތަކުގެ ތެރޭގައި ޤާނޫނުއަސާސީ އުވާލުމާއި، ޤާނޫނީ ބާރުވެރިކަން ނަގަހައްޓައި ދެމެހެއްޓުމުގެ ޒިންމާ އެޅިފައިވާ މުއައްސަސާތައް ރޫޅާލުން ހިމެނެއެވެ. މިފަދަ ފަރާތްތަކުން ގޮވާލާ ކަންކަމުގެ ތެރޭގައި އެ ބަޔަކު ރުހޭ ގޮތަކަށް ދިރިއުޅުމުގެ ޙައްޤު ލިބިގަތުމާއި، އެ މީހަކު ބޭނުން ކަމަކަށް އަރައިގަނެ ބޭނުންޭނުންވާ ޢަމަލުތަކެއް ހިންގުމަށް ޖާގަ ލިބުން ހިމެނެއެވެ. އަދި ޤައުމެއްގެ ސިފަ ޖެއްސުމަށްޓަކައި ކަނޑައެޅިފައިވާ މިންގަނޑުތައް ބަލައިނުގަތުން ހިމެނެއެވެ.
މިފަދަ ހަރަކާތެއްގެ ތެރޭގައި ހުޅުޖެހުން ފަދަ ޢަމަލުތަކަށް އަރައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. އަމާޒަކީ އެއިރެއްގައި އޮތް ސަރުކާރެއް ނުވަތަ ޤައުމެއްގެ ސިފައިގައި މުޖުތަމަޢެއް ހިފެހެއްޓުމުގެ ބާރު ނައްތާލުމެވެ. ބޭނުމަކީ ކަނޑައެޅި ގިނަ ބަޔަކު ބަލައިގަނެފައިވާަނެފައިވާ މިންގަނޑުތަކާއި އުސޫލުތައް ނެތިކޮށްލުމެވެ. މިފަދަ ހަރަކާތެއްގެ ބައިވެރިންނަކީ ވެރިކަމެއް ނުވަތަ ވެރިންގެ ޚިޔާލު ބަލައިނުގަންނަ ބައެކެވެ. އެހެންކަމުން، ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދާ މަގުމަތީގެ ހަރަކާތްތަކާ މިފަދަ ހަރަކާތްތައް ވަރަށް ތަފާތުވެއެވެ. މިފަދަ ހަރަކާތެއް ނިމިގެންދާއިރު ވާޞިލުވެވޭނީ ނާމާންކަމުގެ ތެރެއަށެވެ.
ގިނަ ޤައުމުތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގައިވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ޙައްޤުތަކުގެ ދަށުން ހިންގޭ ސުލްޙަވެރި މަގުމަތީ ހަރަކާތްތަކާއި އެއްވުންތަކަކީ އެއްވެސް ޙާލަތެއްގައި ޤައުމެއް ރޫޅާލުމުގެ މަޤްޞަދުގައި ނުވަތަ މުޖުތަމަޢެއް ބައިބައިކޮށްލުމުގެ ބޭނުމުގައި ހިންގޭ ހަރަކާތްތަކެއް ނޫނެވެ. އެފަދަ ހަރަކާތެއްގެ މަޤްޞަދަކީ އެއްބައިވަންތަކަމެވެ. އެފަދަ ހަރަކާތެއްގެ ތެރެއިން ގޮވާލާނީ އުފުލާ އަޑުތަކަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށާއި، ހުރިހާ ރައްޔިތުންވެސް އެކަމެއްގައި ޝާމިލުވެ އިޞްލާޙުތައް ގެނައުމަށް ބާރުއެޅުމަށެވެ.
މިފަދަ ހަރަކާތްތަކުގައި އަނިޔާވެރިކަމަށް މަގުފަހިވެދާނެ ފަދަ ޢަމަލުތަކެއް ނުހިންގާނެއެވެ. އެއްތަނެއްގައި ޖަމާވެ އަޑުއުފުލުމާއި ހިނގާލުންތަކުގެ އިތުރުން ދޮރުން ދޮރަށް ކުރިއަުރިއަށް ގެންދާ ހަރަކާތްތަކާއި އެހެނިހެން ކަންކަންވެސް މި ބާވަތުގެ ތެރޭގައި ހިމެނެއެވެ. ސަރުކާރެއް ވައްޓާލުމަކީ މިފަދަ ހަރަކާތެއް ހިންގާ ބައެއްގެ ވިސްނުމާ ވަރަށް ދުރު ޚިޔާލެކެވެ. ގެންގުޅެމުންދާނީ ސަރުކާރެއް ނުވަތަ މުއައްސަސާއެއްގެ ކަމެއް އިޞްލާޙުކުރުމަށްޓަކައި ބާރުއެޅުމުގެ ވިސްނުމެވެ. ކަންކަން ރަނގަޅުކޮށް، ނާމާންކަމުގެ ތެރެއިން އަމާންކަމާ ހިސާބަށް ވާޞިލުވުމުގެ ވިސްނުމެވެ.
ނަމަވެސް، މިފަދަ ހަރަކާތެއް ހަލަބޮލިވެގެންދިއުމަކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އެކަން ދިމާވާ ސަބަބުތައްވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި:
1. ހަރަކާތުގެ ބައިވެރިންގެ ތެރޭގައި ފޮރުވިފައިވާ މަޤްޞަދުތައް ގެންގުޅޭ މީހުން ހިމެނި، އެ އެޖެންޑާތައް ކުރިއެރުވުމުގެ ގޮތުން ހަރަކާތްތައް ފަރުދާއެއްގެ ގޮތުގައި ބޭނުންކުރުން.
2. ބައެއް ޙާލަތްތަކުގައި ހަރަކާތުގެ މަޤްޞަދާ ދުރުނަމަވެސް، އަމިއްލަ މަޤްޞަދަށް ފެތޭގޮތަށް ޢަމަލުތައް ހިންގުން.
3. ދާޚިލީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ތިބި ފަރާތްތަކުން ނުކުމެ، މިފަދަ ހަރަކާތަކާ ގުޅިގެން ހިންގަން ނުވާ ޢަމަލުތަކެއް ހިންގުން.
4. ސުލްޙަވެރިކަމާއެކު ކުރިއަށްދާ ހަރަކާތެއް ހުއްޓުވުމުގެ ގޮތުން ބާރުގެ ބޭނުންކުރުން.
މިފަދަ ކަންކަމުގެ ސަބަބުން، ބައެއް ޙާލަތްތަކުގައި ސުލްޙަވެރި ހަރަކާތްތައް ނިއްވާލަން ދަތި އަލިފާންގަނޑަކަށް ބަދަލުވެގެންދިއުން އެކަށީގެންވެއެވެ.
ކޮންމެއަކަސް ސުލްޙަވެރި މަގުމަތީ ހަރަކާތްތަކަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމުގައިވީ ނަމަވެސް، އެފަދަ ހަރަކާތްތައް ރޭވުމާއި ހިންގުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. އެއީ އެފަދަ ހަރަކާތްތައް ހަލަބޮލިވެ، ޤައުމުގެ އަމާންކަމަށް ނޭދެވޭ އަސަރުކޮށްފާނެތީއެވެ. އެހެންކަމުން، މިފަދަ ހަރަކާތްތައް ހިންގުމުގައި ޤާނޫނީ އިމުގެ ތެރެއިން ޢަމަލުކުރުމާއި، އިޖުތިމާޢީ މިންގަނޑުތަކަށް ފެތޭގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.

