ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި މަހުޒޫމްއާއި ޝިމަންގެ ބަންދަށް ތިން ދުވަސް!

ދެ ޒުވާނުންގެ ބަންދު މުއްދަތު ޖަހަން ބޭއްވި ކްރިމިނަލް ކޯޓު އަޑުއެހުމުގެ ތެރެއިން --
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގައި ބާރުގެ ބޭނުންކޮށް އެއްވުން ރޫޅާލައި ހައްޔަރު ކުރި ދެ މީހުން ތިން ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 18 ގައި މާލޭގެ އިމާރާތަކާއި ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓި ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. އަދި އޭނާ ވެއްޓުނު މައްސަލައިގައި އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް ހުރީ ފުލުހުންގެ ބަންދުގަ އެވެ. އެއީ އެރޭ ޔުމްނުއާއި އެކު ހ. ފެންޓެނޯއީގޭގައި އުޅުނީ އޭނާއަށް ވީތީއާއި މައްސަލައިގައި ސުވާލު އުފެދޭ ކަންކަން ހުރުމުންނެވެ.

ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ އެވެ. އަދި ރޭ ފުލުހުން ވަނީ 12 ޖަހާކަންހާއިރު ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި ޕެޕޭ ސްޕްރޭ ޖަހާފަ އެވެ.

ފުލުހުން ރޭ ހައްޔަރު ކުރީ ނ. ކުޑަފަރި، ބަގީޗާގޭ އަބްދުﷲ މަހުޒޫމް މާޖިދު، 28 އާއި މ. ހަސްތީ، އުމުރުން 19 އަހަރުގެ އާއިޝަތު ޝިމަން އަހުމަދެވެ. މަހުޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުުލުހުން ބުނިގޮތުގައި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ އަދި ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ. ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގަ އެވެ.

މުޒާހަރާ ރޭ ރޫޅާލިއިރު، ޒުވާނުންތައް އަޑުއުފުލުމަށް ފަހު ދެން ފެނިގެން ދިޔައީ މަޖީދީ މަގުގެ މެދުގައި ޓީޓީ މޭޒާއި، ކެރަމް ބޯޑުތައް ބަހައްޓައި ކުޅެމުން ދިޔަ މަންޒަރެވެ. އަދި ބާރަށް ލަވަ ވެސް ޖަހާފައިވެ އެވެ.

ބާރުގެ ބޭނުން ކުރި ސަބަބެއްކަމަށް ފުލުހުން ބުނީ ގްރޭޑު 10 ގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮތް އިރު ދަރިވަރުންނަށް އަޑުގަދަވުމުގެ ސަބަބުން ކިޔެވުމުގައި ދަތިތައް ދިމާވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: