ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޓޫ އޮފް އަސް“ ޝޯގެ ގްރޭންޑް ފިނާލޭއަށް!

ޓޫއޮފްއަސް: ފޮޓޯ/ ޓޫއޮފްއަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިިންޑިއާގެ މިއުޒިކް ރިއާލިޓީ ޝޯއެއްގައި ވާދަކުރަމުންދާ ރާއްޖޭގެ ބޭންޑު ޓޫ އޮފް އަސް އަށް ގްރޭންޑް ފިނާލީ އާއި ހިސާބަށް ވާސިލުވެވިއްޖެއެވެ.

މަގުބޫލު ގިނަ ދިވެހި ލަވަތަކެއްގެ އިތުރުން ހިންދީ ލަވަތައްވެސް ޕާފޯމްކޮށް ޓޫ އޮފް އަސްއިންވަނީ އިންޑިއާގެ ސަރެގަމަ މިއުޒިކް ލޭބަލް އަދި ޑީޑީ އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ ބެޓަލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލްގެ ސްޓޭޖު މެދުވެރިކޮށް ރާއްޖެއާއި އެ ގައުމުގައި ތިބި މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ.

މިހާރު އެންމެ ފަހު މަރުހަލާތައް ކަޑައްތުކުރަމުންދާއިރު ބޭންޑުންވަނީ ޓޮޕް ފަސް ފައިނަލިސްޓުންގެ ތެރެއިން ޖާގަ ކަށަވަރުކޮށްފައެވެ. ބޭންޑުން ބުނާގޮތުން މިއީ ރާއްޖޭގެ މިއުޒިކް ސީނުގެ ތާރީހުގައި އައު ސަފުހާއެއް ހުޅުވިގެންދިއުންކަމަށެވެ. އަދި ބޭންޑުން ރާއްޖެ ތަމްސީލުކުރަމުންދަނީ ފަހުރުވެރިކަމާއިއެކު ކަމަށް ބުނެފައިވެއެވެ. މިއީ މުޅި ދެކުނު އޭޝިއާގެ އެންމެ ޝަރަފުވެރި އެއް މުބާރާތްކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން މިއީ ބޭންޑަށާއި ރާއްޖެއަށްވެސް ލިބިފައިވާ ކާމިޔާބީއެއްކަމަށް ޓޫ އޮފް އަސް އިން ދެކެއެވެ. އަދި މިއީ ރާއްޖޭގެ ފަސްގަނޑުގައި ތިބެ ހުވަފެނެއް ދެކުމުގެ ހިތްވަރު ކުރި ކޮންމެ މީހަކަށްވެސް ލިބިގެންދާ ކާމިޔާބެއްކަމަށް ދެކޭކަމަށް ފާހަގަކޮށްފައިވެއެވެ.

ބޭންޑުގެ ލީޑް ވޯކަލްސް އަދުހަމް ބުނެފައިވާގޮތުން ޓޫއޮފްއަސްއިން ޝޯގައި ރާއްޖެ ތަމްސީލުކުރަން ފުރައިގެންދިޔައީ މުޅި ގައުމުގެ އަޑު އިއްވާލުމަށްޓަކާއެވެ. އަދި މިހާރު ބައިނަލްއަގުވާމީ މައިދާނުގައި އެ އަޑު އިވިގެންދާކަން ކަށަވަރުކުރެވިފައިވާކަން ހިއްސާކޮށްފައިވެއެވެ.

ރާއްޖޭގެ އޮރިޖިނަލް މިއުޒިކްގެ އިތުރުން ސަގާފަތްތައް ގުޅުވާލައިގެން ގެނެސްދީފައިވާ ޕާފޯމެންސްތައް މެދުވެރިކޮށް ޖަޖުންގެ އިތުރުން އޯޑިއެންސްގެ ލޯތްބާއި ސަމާލުކަން ހޯދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: