އެސްޓީއޯއިން ފިނި ފިނި ހިޓާޗީ ޕްރޮމޯޝަން މިއަހަރުވެސް ކުރިޔަށް ގެންދަން ނިންމައިފިއެވެ.
މި ޕްރޮމޯޝަނާއި ގުޅޭ މައުލޫމާތު ދެމުން އެސްޓީއޯއިން ބުނެފައި ވަނީ، މި އަހަރުގެ ޕްރޮމޯޝަނު އެހެން އަހަރުތަކާއި އަޅާބަލާއިރު ހާއްސަ ވަނީ، އެސްޓީއޯގެ ޕްރޮމޯޝަނުގައި ބައިވެރިވާ ކޮންމެ ކަސްޓަމަރަކަށް 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދިޔުން ކަމަށެވެ. އަދި އެސްޓީއޯއިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބިގެންދާނެކަމަށް ވަނީ ބުނެފަ އެވެ.
އެގޮތުން، ކޫޕަން މެދުވެރިކޮށް ހޮވޭ ވަނަތަކުން، 1 ވަނައަށް ދާ ފަރާތަަކަށް 30،000 ރުފިޔާގެ އަގުހުރި ހޯމް އެޕްލައިންސް ޕެކޭޖެއް ލިބިގެން ދާނެ އެވެ.
އެސްޓީއޯއިން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ޖޫން މަހުގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ.
ކުންފުނިން އިތުރަށް ބުނެފައި ވަނީ، މި ޕްރޮމޯޝަންއަށް ހާއްސަ ކުރެވިފައިވާ ހިޓާޗީ އޭސީއަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އެސީތަކެއްކަމަށެވެ. އަދި ވިއްކާ ހުރިޙާ އެއާކޮންޑިޝަންއެއްގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައިރަމެންޓުން ތައާރަފުކޮށްފައިވާ، ހަކަތަރި ލޭބަލް އެކުލެވޭނެކަމަށް ވެސް ވެސް ފާހަގަކުރި އެވެ.
ފިނިފިނި ހިޓާޗީ ޕްރޮމޯޝަނަކީ އެސްޓީއޯއިން ކޮންމެ އަހަރުވެސް ކުރިޔަށް ގެންދާ ޕްރޮމޯޝަނެކެވެ.

