ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންގެ މުޒާހަރާގައި ބައިވެރިވުމަށް އެމްޑީޕީން ނިންމައިފި

އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުން.-- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާރާތެއްގެ މަތީން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގައި ބައިވެރިވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

އެމްޑީޕީން މިރޭ ކުރިޔަށް ގެންދިޔަ ކުއްލި ގައުމީ މަޖިލިސް ބައްދަލުވުމުގައި މިގޮތަށް ނިންމާފައި ވަނީ، މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުންކޮށް، ބައެއް ޒުވާނުން ހައްޔަރު ކުރުމަށް އަމާޒު ކުރަމުންދާކަމަށް ބުނެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވި ގޮތުގައި މުޒާހަރާގެ ޒުވާނުން ވަނީ އެ މީހުންނަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދީ، އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފަ އެވެ. އެހެންކަމުން ވަކި ފަރުދުންތަކެއް ނިކުމެ، ނުވަތަ ބަޔަކު ނިކުމެ ކުރާ މި މަސައްކަތަކީ ސިޔާސީ އެއްވެސް ކުލައެއް ޖެހިފައިވާކަމެއް ނޫން ނަމަވެސް، ސަރުކާރުން އެ ޒުވާނުންނާއި މެދު އަމަލު ކުރަމުން ދާ ގޮތުން އެ ޒުވާނުންގެ ހައްގުގައި ނިކުތުން ނޫން ގޮތެއް ނެތްކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޒުވާނުންގެ ހަރަކާތަކީ ސިޔާސީ ޕާޓީއަކުން ހިންގާ ކަމެއް ނޫން ނަމަވެސް، ކޮންމެ ކަމަކީ ވެސް ސިޔާސީކަމެއް ކަމަށެވެ.

ބައްދަލުވުމުގައި ވާހަކަ ދެއްކެވި ކޮންމެ މެމްބަރެއް ވެސް ވިދާޅުވަމުން ގެންދެވީ، މުޒާހަރާ ހުއްޓުވުމަށްޓަކައި ފުލުހުން ޒުވާނުންނަށް ދަތި ކުރަމުން ގެންދާ ކަމަށެވެ. އަދި މި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރިއިރު، ޒުވާނުންނަށް އަނިޔާކޮށް ބިރު ދެއްކުމުގެ ގޮތުން ދެ ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށް ވަނީ ބުނެފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި ސުވާލު އުފެދޭ ކަންތަކެއް ހުރިއިރު، މައްސަލައިގައި ފުލުހުންގެ ފަރާތުން މާބޮޑު މައުލޫމާތެއް ނުލިބެ އެވެ. އަދި ޒުވާނުންގެ ސިލްސިލާ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބެނުންކޮށް، ދެ މީހަކު ހައްޔަރުކޮށް ތިން ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.

މީގެއިތުރުން މުޒާހަރާތަކުގެ މައްސަލައިގައި ފުލުހުން ވަނީ ގާނޫނީ އިންޒާރުގެ ބަޔާނެއް އާންމުކޮށް، ގަވައިދާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: