ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން މަސްވެރިންނަށްވީ ގިނަ ވައުދުތަކެއް ފުއްދިއްޖެ: ޝިޔާމް

މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރި ސިނާއަތުގެ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ލަނޑުދަނޑިތަކެއް ވަނީ ހާސިލުކުރެވިފައިކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ދެއްވި ޚާއްޞަ މެސެޖެއްގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ، އެކި ދާއިރާތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ މަސައްކަތްތެރިންގެ ޒަމާންވީ ގިނަ ގޮންޖެހުންތަކަކަށް ހައްލު ހޯދުމުގައި ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިކަމަށެވެ.

މިނިސްޓަރ ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މަސްވެރިންނަށް ވޭތުވެދިޔަ ސަރުކާރުން ނުދީ ހުރި 250 މިލިއަން ރުފިޔާ މިހާރު ވަނީ ދައްކާ ޚަލާސްކޮށްފައެވެ. އަދި މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފަށާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ފުރަތަމަ ފަހަރަށް މަސްވެރިންނަކީ ދައުލަތް ދަންނަ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ބަލައިގަނެ، އެހެން ވަޒީފާތައް އަދާކުރާ ފަރާތްތަކެކޭ އެއްގޮތަށް ބޭންކުގެ ފެސިލިޓީތަކަށް މަސްވެރިންނަށްވެސް އެކްސެސް ދެވިފައިވާ ކަމަށް މިނިސްޓަރ ޝިޔާމް ހާމަކުރެއްވިއެވެ.

ޤައުމު ބިނާކުރުމުގައި މަސައްކަތްތެރިންގެ ފުރިހަމަ ދައުރު ފެނިގެންދާނީ އެފަރާތްތަކުގެ ޙައްޤުތައް ފުރިހަމައަށް ކަށަވަރުކޮށްދެވިގެން.

މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މަސައްކަތްތެރިންނަށް މިނިސްޓަރު އަރިސްކުރެއްވިއެވެ.

މި ފިޔަވަޅުތަކަކީ މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އެފަރާތްތަކުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: