ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެންގުޅެނީ މޯލްޑިވްސް ފަސްޓް ސިޔާސަތު، ބަދަލެއް ނާންނާނެ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަކީ މޯލްޑިވްސް ފަސްޓުކަމަށާއި ކެމްޕެއިން ފެށުނުއިރުއްސުރެ އެ ސިޔާސަތަށް ބަދަލެއް އައިސްފައިނުވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވި އޯޕެނިން ސްޓޭޓްމަންޓުގައި ރައީސް މުއިއްޒު ވިދާޅުވީ، ދީނީ ކަންކަމަށް ފަހު އެންމެ އިސްކަމެއް ދެއްވަނީ ހާރިޖީ ސިޔާސަތާއި ގައުމުގެ ސިޔާދަތު ހިމާޔަތްކުރުމަށްކަމަށެވެ. އެމެނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ މޯލްޑިވްސް ފަސްޓް ޕޮލިސީކަމަށާއި އެއީ ހުރިހާ ހާލަތެއްގައިވެސް ދިވެހިންގެ މަސްލަހަތު އިސްކުރުންކަމަށެވެ.

ރައީސް ވިދާޅުވީ، ހާރިޖީ ސިޔާސަތުތުގެ އަސާސަކީ ހުރިހާ ހާލަތެއްގައިވެސް ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުންކަމަށާއި އެ އަސާސްގެ މަތިން ހުރިހާ ގައުމުތަކާއިއެކު ގުޅުން ބޭއްވުންކަމަށެވެ. އެހެންކަމުން އެ ހަމަތަކަށް އިހުތިރާމްކުރާނަމަ ކޮންމެ ގައުމަކާއިވެސް ގުޅުން އޮންނާނެކަމަށާއި ރާއްޖޭގެ މިނިވަންކަމަށް އިހުތިރާމްކުރާނަމަ އެއްވެސް ގައުމެއްގެ ދެމެދު ތަފާތުކުރުންތަކެއް ނެތްކަމަށެވެ.

ރައީސް ވިދާޅުވީ، އެގައުމުތަކަށްވެސް އޮންނަ ގޮތަށް ރާއްޖޭގެވެސް މިނިވަންކަމާއި ސަރަހައްދީ މިނިވަންކަމެއް އޮންނަކަން ގަބޫލުކުރާނަމަ ހުރިހާ ގައުމުތަކާއިއެކު ގާތް ގުޅުންތައް ބާއްވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ ސިޔާސަތަށް އެއްވެސް އިރެއްގައި ބަދަލުތަކެއް އައިސްފައިނުވާކަމަށާއި އަދިވެސް ގެންގުޅެމުންދަނީ އެންމެ ފުރަތަމަ ކެމްޕެއިން ލޯންޗުކުރިއިރުވެސް ގެންގުޅެމުން އައިސްފައިވާ ސިޔާސަތުކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ސިޔާސަތު އޮތީ ލިޔެވިފައިކަމަށާއި އަމަލުވެސް ކުރަމުންދަނީ އެ ސިޔާސަތަށްކަމަށެވެ. ރައީސް ވިދާޅުވީ، އެ ސިޔާސަތަށް ބަދަލުތަކެއް އައި އެއްވެސް ވަގުތެއް މިހާތަނަށް އައިސްފައިނުވާކަމަށާއި އެފަދަ ހާލަތެއް ނުވެސް އަންނާނެކަމަށެވެ. އަދި ހާރިޖީ ގުޅުން ބަދަހިކުރުމުގެ ތެރެއިން އެކި ދަތުރުތައް ކުރެވިފައިވާއިރު ކޮންމެ ގައުމަކަށްވެސް ދަތުރުކުރައްވާފައިވަނީ އެކަމުގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއް ހޯދުމުގެ މަގުސަދުގައިކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކޮންމެ ގައުމަކާއިއެކުވެސް ބަދަހިކުރެވިފައިވާ ގުޅުމުގެ ތެރެއިން ގިނަ ފައިދާތަކެއް ރާއްޖެއަށް ލިބިފައިވާކަމަށެވެ. އަދި އެކަންކަމުގެ އިތުރުން ބައިނަލްއަގުވާމީ ކޮންފަރެންސްތަކަށްވެސް ވަޑައިގެންފައިވާނެކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިންވަނީ ސިޑްސްގެ ބައްދަލުވުމެއްގެ ކޯ ޗެއަރކަން ކޮށްފައިކަމަށާއި އެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއިންދަނީ ވަރަށް ބޮޑަށް ލީޑުކުރަމުންކަމަށެވެ. އެހެންކަމުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމުގައި ވަރަށް ބޮޑު މަގެއް ފަހިވެގެންދާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: