ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ ފަޚުރުވެރިކަމާއެކު ނިންމި ނިންމުމެއް: ރައީސް މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ފަލަސްޠީނުގެ ރައީސްއާ ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން ނިންމި މި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.

”ޖެނޮސައިޑެއް ހިންގަމުންދާއިރު އެ އެޓްރޯސިޓީސްތަކާ ދެކޮޅަށް ފަލަސްތީން ރައްޔިތުންގެ ހައްގުގައި ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން ސަރުކާރުން ނިންމި މުހިއްމު ނިންމުމެއް މިއީ. އަޅުގަނޑުމެންގެ ގައުމު ކުޑަވެދާނެ. އެހެންނަމަވެސް 100 އިންސައްތަ އިސްލާމީ ގައުމެއް، އަޅުގަނޑުމެން އެކަމާ ދެކޮޅުކަން އަޅުގަނޑުމެން ހާމަކުރީ. އެކަން އެގޮތުގައި ދެމިއޮންނާނެ،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ އޭޕްރީލް 15 ވަނަ ދުވަހުއެވެ. މި ނިންމުން ނިންމާފައިވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެންނެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މި ހަމަލާތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާފައި ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކުރާ ޤައުމެއްކަން އަލުން އެއްފަހަރު ކަށަވަރުކޮށްދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: