ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރުކަމެއް މިހާރު ނެތް: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގައުމުތަކާއިއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް ނެތްކަމަށާއި ބައެއް ސަބަބުތަކާއި ހުރެ އެއްބަސްވުންތައް ހާމަކުރެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެއްބަސްވުންތައް ހާމަކުރުމާއި ގުޅޭގޮތުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގެއްލުމެއް ލިބިދާނެ އެއްވެސް ހާލަތެއް ނުވަތަ ފުރުސަތެއް މިވަގުތު ނެތް ކަމަށެވެ. އަދި ވިދާޅުވީ ކަންބޮޑުވުންތައް އޮތް ހައިޑްރޮގްރަފީގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު އޭގެ ފަހުން އެކަމުގެ މަޝްވަރާތަކަށް ގޮސް އާކުރުމުގެ މަސައްކަތެއް ކުރިޔަށް ގެންގޮސްފައި ނުވާނެކަމަށެވެ.

ރައީސް ވިދާޅުވީ ދިފާއީ ގޮތުން ރާއްޖޭގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ކޮންމެ ގައުމަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އެހެން ނަމަވެސް ސީދާ ރާއްޖޭގައި ގާއިމުވެ، ސްޓޭޝަންވެގެން އެފަދަ އެއްވެސް މަސައްކަތެއް ކުރުމަށް ޖާގައެއް ނުދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތުތަކާއި ފުށުއަރާ ކަމަކަށް ވާތީވެ، ރެސްޕެކްޓްފުލީ ނޫނެކޭ ބުނެފައި އޮތްކަމެއް.. އެހެނެއް ނޫން އަޅުގަނޑުމެންގެ ކެޕޭސިޓީ ދެންމެ މި ދެންނެވި ގޮތަށް އިކުއިޕްމަންޓު  ވައިސް.. ހިއުމަން ރިސޯސް ވައިސް.. ހޯދައިދޭން ގައުމަކުން ބޭނުންވާނަމަ މަރުހަބާ ކިޔާނަން.. އެކަމަށް އެއްބަސް ވެސް ވެދާނަން.. އެކަމަކު ބޭރު ގައުމެއްގެ ސިފައިން މިތާ ތިބެގެން ކުރާކަށް ފުރުސަތު ނުދޭނަން..

ރައީސް ވިދާޅުވީ ކޮންމެ ގައުމަކަށް ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނާނެކަމަށާއި، އެހެން ނަމަވެސް ރާއްޖެ ގެންގުޅޭ ޕޮލިސީތަކާއި އުސޫލާއި ފުށުއެރުންތަކެއް އަރާ ހާލަތުގައި އިހުތިރާމާއި އެކު އެކަމަށް ވަގުތުން އިންކާރު ކުރާނެކަމަށެވެ.

ރައީސް ވިދާޅުވީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށްޓަކައި ވެސް، ސިފައިން ގާއިމުވާން ޖާގައެއް ނުދެއްވާނެކަމަށާއި އެއީ ރާއްޖެއއި ކިތަންމެ ގާތް ނުވަތަ ރާއްޖެއަށް ކިތަންމެ ބޮޑެތި އެހީތަކެއްވެފައިވާ ގައުމަކަށް ވިޔަސް އަމަލު ކުރާނެ ގޮތްކަމުގައި ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އެއްބަސްވުންތަކުގައި ކޮންފިޑެންޝިއަލިޓީ ކްލޯސް އޮތުމުގެ ސަބަބުން އެކަމުގެ ތަފްސީލަށް ދެވެން ނެތްކަމަށެވެ. އަދި އެއްބަސްވުންތަކުގައި ސޮއި ކުރެވިފައި ހުރި ގައުމުތަކާއި މެދު ހުރި އެގްރިމަންޓުތަކަށް ރިއާޔަތްކޮށް އެ ހާމަކުރެވެން ނެތްކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްބަސްވުން ހާމަކުރާނަމަ ގާނޫނީ ބައެއް ސަބަބުތަކެއް ދިމާވާކަމަށާއި އެހެންކަމުން ރާއްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ އެއްވެސް ކަންބޮޑުވާން ޖެހޭކަމެއް އެގްރިމަންޓުތަކުގައި ނެތުންކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: