ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޑީއެފްއަށް 121 މިލިއަން ޑޮލަރު ޖަމާކޮށްފިން: ރައީސް

ރައީސް މުއިއްޒު އަދި މިނިސްޓަރު ޒަމީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް 121 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮޕީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ މާލީ ދާއިރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އެސްޑީއެފް ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރާއި 2.4 މިލިއަން ރުފިޔާކަމަށެވެ. ނަމަވެސް މި އަހަރުގެ އޭޕްރިލް 30 ވަނަ ދުވަހުގެ ނިޔަލަށް 121 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރެވިފައިވާކަމަށް ހިއްސާކުރެއްވިއެވެ.

އެހެންކަމުން މި ސަރުކާރުންދަނީ ބޭރުގެ ދަރަނިތައް ދައްކަމުން އެސްޑީއެފް ފަންޑަށްވެސް ފައިސާ ޖަމާކުރަމުންކަމަށާއި ގައުމުގެ ހަރަދުތައްވެސް ކުރަމުންދާކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ސަރުކާރުންދަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދަނީ މަގު ޗާޓެއް އެކުލަވާލައި ތަރުތީބެއްގެ މަތިންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެސްޑީއެފްގައި ހިމެނޭ އަދަދުގެ ތެރެއިން ބައެއް ހާލަތްތަކުގައި ޓީބިލުގައި އިންވެސްޓުކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: