ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ 2،129 ވައުދުފުޅު ފުއްދުމަށް 2،130 މަޝްރޫޢު ހިންގަން ނިންމަވައިފި

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެވަޑައިގެންފައިވާ 2،129 ވައުދުފުޅު ފުއްދުމަށްޓަކައި ސަރުކާރުން މި އަހަރާއި އަންނަ އަހަރު 2،130 މަޝްރޫޢެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާނެ ކަމަށް ރައީސް މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ 289 ވައުދުފުޅާއި، ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި 1،051 ވައުދުފުޅާއި، ދަތުރުފުޅުތަކުގައި ވެވަޑައިގެންނެވި 484 ވައުދުފުޅާއި، އެކި އިވެންޓުތަކުގައި ވެވަޑައިގެންނެވި 305 ވައުދުފުޅާއެކު ޖުމްލަ 2،129 ވައުދުފުޅެއް ވެވަޑައިގެންފައިވާ ކަމަށެވެ.

”މުޅި ސަރުކާރުގެ އަމާޒު އޮތީ މި ވައުދުފުޅުތައް ފުއްދުމަށް. އަޅުގަނޑު ވަޒީރުންގެ ފެންވަރުގައާއި އެނޫންވެސް މަގާމުތަކަށް އައްޔަންކޮށްފައިވާ ހުރިހާ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކޮށްފައިވަނީ މި ވައުދުފުޅުތައް ފުއްދުމަށްޓަކައި،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ވައުދުފުޅުތަކަކީ ރައީސް އޮފީހުގައި ވަރަށް ސިސްޓަމެޓިކް ގޮތެއްގައި ލިސްޓުކުރެވި، މޮނިޓަރކުރެވޭ ވައުދުތަކެއް ކަމަށެވެ. އަދި މި ވައުދުތަކާ ގުޅޭގޮތުން މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން އަޕްޑޭޓް ނަގައި، މޮނިޓަރކޮށް، ކަންކަން ފެސިލިޓޭޓްކޮށްދީ، ހާސިލުވަމުންދާ މިންވަރު ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މި ވައުދުފުޅުތައް ފުއްދުމަށްޓަކައި މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2،130 މަޝްރޫޢު ކުރިއަށްގެންދަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ ކުޅިވަރުގެ 551 މަޝްރޫޢު، ކުނީގެ ނިޒާމުގެ 153 މަޝްރޫޢު، ސިއްޙީ ދާއިރާގެ 131 މަޝްރޫޢު، ސްކޫލް (ބިނާރު) 141 މަޝްރޫޢު، އަދި ބޭންކިންގ ދާއިރާގެ 136 މަޝްރޫޢު ފަދަ ގިނަ ދާއިރާތަކެއްގެ މަޝްރޫޢުތަކެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މި އަހަރާއި އަންނަ އަހަރު ކުރިއަށްގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް ސަރުކާރުން އަންނަނީ ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: