ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ޑިމޮކްރެޓިކް ވެރިކަމެއް، އަޅުގަނޑަކީ ޖުޑިޝަރީއަށް އަތްބާނާނެ ވެރިއެއް ނޫން: ރައީސް މުއިއްޒު

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ ޑިމޮކްރެޓިކް ވެރިކަމެއްކަމަށާއި، އެމަނިކުފާނު ޖުޑިޝަރީއަށް އަތް ނުބާނާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރީ ޖުޑިޝަރީގެ މިނިވަންކަމާއި ގުޅޭ ގޮތުންނެވެ. އެގޮތުން 17 ނޮވެމްބަރު 2023 ގައި ޖުޑިޝަރީއަށް އަތް ނުބާނާނެކަމަށް ރައީސް ވިދާޅުވެފައިވާކަމަށް ފާހަގަކޮށް ނޫސްވެރިޔާ ސުވާލުކުރީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައި އޮތް އޮތުމާއި ގުޅޭ ގޮތުންނެވެ. އަދި އެ ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ނުބެލޭނެކަމަށް ފާހަގަކުރެއްވިއެވެ.

މިހެން ކޯޓު ޕެރެލައިޒް ކޮށްފައި އޮންނަތާ 60 އަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް ފާހަގަކޮށް މިހުރިހާކަމެއް ރަނގަޅު ކުރުމުގެ ފުރިހަމަ އިހުތިޔާރު ރައީސް މުއިއްޒުގެ އަތްޕުޅުގައި އެބައޮތްކަމަށް ނޫސްވެރިޔާ ބުންޏެވެ. އެހެން ކަން އޮތްއިރު މިއީ ޑިމޮކްރެޓިކް ވެރިކަމެކޭ ދެންނެވުމުގެ ފުރުސަތު އެބައޮތްތޯ ނޫސްވެރިޔާ ވަނީ ސުވާލު ކުރައްވާފައެވެ.

ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް ތަނެއް ކޮންޓްރޯލް ކުރައްވާ ބޭފޫލެއް ނޫންކަމަށެވެ. ކޯޓުތަކާއި ބެހޭ ކަންތައްތައް އެމަނިކުފާނަށްވެސް އެނގިވަޑައިގަންނަވީ މީޑިއާތަކުންކަމަށާއި، ކޯޓުތަކުގެ ތާވަލުވެސް އެނގިވަޑައިގަންނަވަނީ މިހެންކަމަށް ވިދާޅުވިއެވެ. ޖޭއެސްސީއަކީވެސް އެމަނިކުފާނު ކޮންޓްރޯލް ކުރާ ތަނެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ޖުޑިޝަރީގެ ތެރޭގައި ހިނގާ ކަންކަމާއި ގުޅޭ ގޮތުން ޖަވާބުދާރީވެވޭނީ ޖުޑިޝަރީއަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާގެ ހައިސިއްޔަތުން އެއްވެސްކަމެއް އެގޮތަށް ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ޑިމޮކްރެޓިކް ވެރިކަމެއްކަމަށާއި، މި ސަރުކާރުގައި ކަންކަން ކުރަނީ ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ. އެބައެއްގެ ޒިންމާ އެބަޔަކު އަދާކުރުމުގެ ފުރިހަމަ މިނިވަންކަން އޮތްއިރު، މަގާމުތަކަށް މީހުން އިންތިހާބުކުރަނީވެސް ރައްޔިތުންކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: