ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންބޮޑުވުން ހުރި އެއްބަސްވުންތަކަށް އިސްލާހު ވަނީ ގެނެވިފައި، ތަފްސީލު ދެވެން ނެތީ ކްލޯސްއެއް އޮތުމުން: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގައުމުތަކާއި އެކުވެފައިވާ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވުންތައް މަޝްވަރާކޮށް އިސްލާހު ގެނެސްފައިވީ ނަމަވެސް އެކަމާއި ބެހޭ ތަފްސީލެއް އެގްރިމަންޓު ބުނާ ގޮތުން ދެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހުށަހެޅުއްވި، ޕްރެޒެންޓޭޝަނުގައި އެގްރިމެންޓާއި ގުޅޭގޮތުން ހިމެނުއްވި ނުކުތާއަށް ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގައުމުތަކާއިއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް މިހާރު ނެތްކަމަށެވެ. އަދި ވިދާޅުވީ ކަންބޮޑުވުންތައް އޮތް ހައިޑްރޮގްރަފީގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު އޭގެ ފަހުން އެކަމުގެ މަޝްވަރާތަކަށް ގޮސް އާކުރުމުގެ މަސައްކަތެއް ކުރިޔަށް ގެންގޮސްފައި ނުވާނެކަމަށެވެ.

އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް ވިދާޅުވި ގޮތުގައި ވެރިކަމާއި ހަވާލުވުމާއި އެކު ފެށި މަސައްކަތަކީ، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި އެއްބަސްވުންތައް ބަލައި، އެ ރިވިއު ކުރުމެވެ. އަދި ޓްރާންސިޝަން މުއްދަތުގެ ތެރޭގައި އެ ގައުމުތަކާއި މަޝްވަރާކޮށް، އެއްބަސްވުމުގައި ހުރި ކަންބޮޑުވާ ކަންކަން ހިއްސާކޮށްފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިސްލާހު ކުރެވުނު އެއްބަސްވުން ވެސް ހާމަކުރުމުގައި، މައުލޫމާތު ސިއްރު ކުރުމުގެ ބައެއް ނުވަތަ މާއްދާއެއް ހިމެނިފައި ވާތީ ބައިލެކްޓްރަކް މަޝްވަރާތައް ކުރަމުން ގެންދާކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ ދެ ގައުމުގެ ގާތް ގުޅުމުގެ ތެރެއިން، މަޝްވަރާ ކުރުމަށްކަމަށް ހާމަކުރައްވައި ވިދާޅުވީ މިހާރު ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ، ކަންބޮޑުވާން ޖެހޭ އެއްވެސްކަމެއް އެއްބަސްވުމެއްގައި ނެތް ކަމަށެވެ.

ކުރީގައި އެއްބަސްވުމުގައި އެފަދަކަމެއް އޮތް ތޯ ނޫސްވެރިޔާ އަނެއްކާވެސް ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ޕްރެސްއަށް އައުމުގެ ކުރިޔަށް ބަންޑާރަ ނައިބު އަހުމަދު އުޝާމްއާއި މަޝްވަރާ ކުރެއްވިކަމަށާއި ލިބުނު ލަފައަކީ  އެ ހާހިސާބަށް ތަފްސީލުތައް ތިލަ ނުކުރުމަށްކަމުގައި ރައީސް ވިދާޅުވި އެވެ.

އަޅުގަނޑު މި ދެންނެވީ މިހާރު ގެނެވިފައި ވެއްޖެއޭ އިސްލާހުތައް.. ކަންބޮޑުވާ ކްލޯސްތަކަށް.. މިހާރު އެ ކަންބޮޑުވުންތައް ދެފަރާތުން އެއްބަސްވެ މިވަނީ ހައްލުވެފައި.. ދެން މިހާރު އެއްވެސް އެއްބަސްވުމެއްގައި ނެތޭ އެކަހަލަކަމެއް..

ނޫސްވެރިޔާ އަނެއްކާވެސް ސުވާލު ކުރުމުން ރައީސް ވިދާޅުވީ، މައުލޫމާތެއް ނުދީ ހިފެހެއްޓުމަށް ބޭނުން ނުވާކަމަށެވެ. އަދި ޕްރެސްއަށް ފަހު އަދިވެސް އެއްފަހަރު ބަންޑާރަ ނައިބާއި މަޝްވަރާކޮށް އިތުރު އެހެން އެއްވެސް ގޮތެއް އޮތްތޯ ބައްދަލަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: