ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެ އަޑުއުފުލަން ކުރިން ހުއްދައެއް ހޯދަން ނުޖެހޭނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާނެ: ޝާހިދު

އެމްޑީޕީގެ ރައީސް ޝާހިދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން ހުއްދައެއް ހޯދުމެއް ނެތި އަޑުއުފުލުމަށްޓަކައި އެއްވެ އުޅެވުމުގެ ހައްގު އޮތްކަން ގާނޫނުއަސާސީން ފެނިގެންދާނެކަމަށާއި އެއް ހައްގަށް ހުރަސް ނޭޅޭނެކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ގައުމު ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ ރައްޔިތުންވަނީ ބުރަ މަސައްކަތްތަކެއް މެދުވެރިކޮށް ފެހި ގާނޫނުއަސާސީ ފާސްކޮށްފައިކަމަށެވެ. އަދި އެ ގާނޫނުއަސާސީގެ ހިތަކީ ދެވަނަ ޗެޕްޓަރުކަމަށާއި އެއީ އަސާސީ ހައްގުތަކާއި ބެހޭ ޗެޕްޓަރުކަމަށެވެ.

ޝާހިދު ވިދާޅުވީ، އެއްވެސް މާދާއަކަށް ބަދަލެއް ގެނެވޭނީ ސީދާ ރައްޔިތުންގެ ވޯޓަކުންކަމަށް ބަޔާންކޮށްފައިވާނެކަމަށާއި ޒުވާނުން އެ ޗެޕްޓަރުގެ ދިފާއުގައި ނުކުތުމަށް ޖެހިލުން ނުވާކަން ފެނުމުން ހިތްވަރު ލިބިގެންދާކަމަށެވެ. އަދި އެކަމުގެ ސަބަބުން ގާނޫނުއަސާސީ ލިޔުނު މީހުންނަށް އާދަޔާހިލާފު އުންމީދަކާއި ހިތްވަރެއް ލިބިގެންދާކަމަށް ހިއްސާކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، ސަބަބަކީ އެ ގާނޫނުއަސާސީ ލިޔުނުއިރު ތުއްތު ކުދިންގެ ގޮތުގައި ތިބި މީހުން ނޫނީ އުފަން ނުވާ މީހުންވެސް އެ ގާނޫނުއަސާސީގެ ދިފާއުގައި އަތުކުރި އޮޅާލައި ވާންޖެހުނު ގުރުބާނީތައް ވާން ތިބިކަން ފެނިގެންދިއުންކަމަށެވެ. އަދި ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ކޮންމެ މީހަކާއިމެދު ގާނޫނުގައިވާގޮތަށް ހަމަހަމަ ކަމާއިއެކު އަމަލުކުރަންޖެހޭކަން ބަޔާންކޮށްފައިވާކަމަށާއި ނަމަވެސް ޒުވާނުން ނުކުމެ މަޖީދީ މަގުގައި އަޑުއުފުލަންޖެހުނީ މިހާރުގެ ސަރުކާރުން ގާނޫނުގައިވާގޮތަށް އެކަން ކަށަވަރުކޮށްދީފައި ނުވުމުންކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޒުވާނުންދިޔައީ ވަކިކަމެއް ވަކި ގޮތަކަށް ކުރަން ނޫންކަމަށާއި ގޮވާލަމުންދިޔައީ ގާނޫނުއަސާސީގައިވާ ހަމަހަމަކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށްކަމަށެވެ. އަދި ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ދަށުން އިތުރު ހުއްދައެއް ކުރިން ހޯދުމެއް ނެތި ނުލައި އަޑުއުފުލުމަށް ޖާގަ ލިބިގެންދާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، އެ ހައްގަށް ހުރަސް ނޭޅޭނެކަމަށާއި ޒުވާނުން ނުކުމެ އަޑުއުފުލަމުންދަނީ އެކަމަށްޓަކައިކަމަށެވެ. އަދި ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި އިސްލާމީ އަސްލަކާއި ފުށުނާރާ ގޮތެއްގެ މަތިން ތިމާގެ ފިކުރު އެއްވެސް ހުރަހެއް ނެތި ފާޅުކުރެވޭނެކަންވެސް ބަޔާންކޮށްފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. އެހެންކަމުން ޒުވާނުން މަގުތަކަށް ނުކުމެ އަޑުއުފުލަމުންދަނީ ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މި އަސާސްތަކަށް ސަރުކާރުން ޗެލެންޖް ކުރަމުންދިއުމުންކަމަށް ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: