ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒާން ހޮވައިދޭން ރެއާއި ދުވާލު މަސައްކަތް ކުރިން، މައްސަލައެއް ޖެހޭވަރުކަމެއް ދިމައެއް ނުވޭ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އިންތިހާބުވީ، ޕީއެންސީގެ ހުރިހާ ވަސީލަތެއް ބޭނުންކޮށް އެމަނިކުފާނުގެ ވެސް އެންޑޯސްމަންޓާއި އެކުކަމަށާއި ދެބޭފުޅުންގެ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުން އެއް ދުވަހުގެ ތެރޭގައި ނިންމާލުމަކީ އެއީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދެކޮޅު ހެދިކަމަށް ވާހަކަ ދެކެވުނު ނަމަވެސް ފާޅުގައި އެ ބިލާއި ދެކޮޅަށް ވާހަކަ ދެއްކެވީ އަޒާން އެކަންޏެވެ. އަދި އިސްލާހަށް ވޯޓަށް އެހުމުގެ ކުރިޔަށް ތަޅުން ދޫކޮށް ގޮސްފައިވާތީއާއި، މިއީ ރަނގަޅު އިސްލާހެއްކަމަށް ގަބޫލު ނުކުރެވޭތީ އަޒާންގެ ފަރާތުން ބަޔާނެއް އާންމު ކުރުމުން ރައިސްއާއި ދެމެދު ގުޅުން ގޯސްވެފައިވާކަމަށް ވަނީ ވާހަކަ ދެކެވިފަ އެވެ.

އެކަމާއި ގުޅޭގޮތުން ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ، ބިލު ހުށަހަޅައި ސީދާ ބޭނުންވީ އެއް ދުވަސްގެ ތެރޭގައި ނިންމާލަން ނޫންކަމަށެވެ. އެހެން ނަމަވެސް ބައެއް މެމްބަރުން ރަށުން ބޭރަށް ދިއުން ފަދަ ކަންކަން ހުރުމުން އެގޮތަށް ބިލު ނިމިގެން ދިޔައީކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މަޖިލިސް މެމްބަރުން ދެމެދު ގުޅުން ރަނގަޅުތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެއާއި އެކު ދެން ނޫސްވެރިޔާ ސުވާލު ކުރީ އަޒާންއާއި ގުޅޭ ގޮތުންނެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ އަޒާން އެމަނިކުފާނާއި ވާހަކަ ނުދައްވާތާ ދުވަސްތަކެއްވެފައިވާކަމަށެވެ.

އަޒާން ދުވަސްކޮޅެއް ވެއްޖެ އަޅުގަނޑާ ވާހަކަ ނުދައްކާތާ.. އަޅުގަނޑާ އަޒާންއާ ކޮން މައްސަލައެއް ޖެހޭނީ… އަޅުގަނޑު ރެއާއި ދުވާލު މަސައްކަތްކޮށްގެން އައްޑޫއަށް ވެސް ގޮސް.. އެންޑޯސްކޮށްގެން އެހީތެރިކަން ދީގެން އަޒާން އެ މަގާމަށް އައީ.. އެހެންވީމަ އަޅުގަނޑު އެހީވެގެން، އަޅުގަނޑު ސަޕޯޓު ދީގެން.. ޕީއެންސީގެ ފުލް ސެޓްއަޕް.. އަޅުގަނޑުމެންގެ ޓީމް އެ ކުރި ހުރިހާކަމެއްކޮށްދީގެން އަޒާން އެ މަގާމަށް އައިސްފައި އެހުރީ..

ރައީސް ވިދާޅުވީ އަޒާން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ އެމަނިކުފާނު އޭނާ އެންޑޯސްކޮށް ކުރެއްވި މަސަައްކަތުން ކަމަށެވެ. އަދި ރެއާއި ދުވާލު އަޒާން އެ މަގާމަށް ގެނައުމަށް މަސައްކަތް ކުރީ ޕީއެންސީގެ ފުލް ސެޓްއަޕްއާއި ވަސީލަތް ބޭނުންކޮށްގެންކަމަށް ވިދާޅުވި އެވެ.

އަޒާންއަކީ މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު ހައްގުތަކަށް ވަކާލާތު ކުރަމުން އައި ފަރާތެކެވެ. އަދި މެމްބަރަކަށް ވުމަށް ފަހު ސަރުކާރުގެ ބައެއް ކަންކަމުގައި ހިޔާލުތަފާތުވާތީ އެކަން ވެސް އަޒާން ފާހަގަކުރެއްވި އެވެ. އަޒާން ވިދާޅުވީ ދާއިރާގެ ރައްޔިތުން އޭނާ އިންތިހާބު ކުރީ ސަރުކާރު ވެސް ޖަވާބުދާރީ ކުރުވާނެކަމަށް ވީ ވައުދަށް ކަމަށެވެ. އަދި ގޯސްކަންކަމާއި ދެކޮޅަށް ތެދުވާނެކަމަށް ދާއިރާގެ ރައްޔިތުންނަށް ވައުދުވެފައިވާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: