ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް ދޭއްގެ ސްކޫލުގެ މަސައްކަތް މި އަހަރު ނިންމައި، ފޭސް އެކެއްގައި އިތުރު ދެ ސްކޫލެއް އަޅަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ފޮޓޯ/މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފޭސް ދޭއްގައި ގާއިމު ކުރާ ސްކޫލުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރ ޝަފީއު ހާޒިރުވުމުން މެމްބަރުން ވަނީ ތައުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި މައްސަލަތައް ހައްލު ކުރުމަށް ކުރަމުން ދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަޔަކު އާބާދުވަމުން އަންނައިރު، ކޭޓަރ ކުރެވޭ މިންވަރަށް ސްކޫލުތައް ނެތުމުގެ ކަންބޮޑުވުން އެބަހުއްޓެވެ. އަދި ޖާގައިގެ ދަތިތައް ހުރުމުގެ ސަބަބުން، މި ސަރުކާރުން ވަނީ އެކަން ހައްލު ކުރާނެކަމަށް ބުނެފަ އެވެ.

އެންމެ ބޮޑު މައްސަލައަކީ ހުޅުމާލެ ފޭސް ދޭއްއިން ދަރިވަރުން މާލެއަށް އަންނަން ޖެހުންކަމަށް ފާހަގަކޮށް މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމެވެ. އޭނާ މިނިސްޓަރ އާއި ސުވާލު ކުރެއްވީ ދަރިވަރުން މާލެއަށް އަދިވެސް އަންނަން ޖެހޭތީ، އެކަން ހައްލު ކުރުމަށް ކުރާ މަސައްކަތަކީ ކޮބައިތޯ އެވެ.

ޖަވާބުގައި މިނިސްޓަރ ޝަފީއު ވިދާޅުވީ ހުޅުމާލޭގެ ފޭސް ދޭއްގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ވަރަށް ގިނަ އަސާސީ ހިދުމަތްތައް އޮތީ ގާއިމު ނުވެކަމަށެވެ. އޭގެ ތެރޭގައި ސްކޫލު ހިމެނޭއިރު، މިދިޔަ ފަސް އަހަރުގެ ތެރޭގައި ފޭސް ދޭއްގައި އެޅި ހަމައެކަނި ސްކޫލަކީ ސޮލާހުއްދީން ސްކޫލުކަމަށް މިނިސްޓަރ ވިދަޅުވި އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ސޮލާހުއްދީން ސްކޫލު ދެ ސެޝަނަށް ބަދަލު ކުރަން ޖެހުނީ ވެސް ޖާގައިގެ ދަތިތައް ހުރުމާއި ދަރިވަރުން ކިޔެވުމަށް މާލެ އަންނަން ޖެހޭތީ އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި ހުޅުމާލެ ފޭސް އެކެއް، އަދި ދޭއްގައި އިތުރު ސްކޫލެއް އެޅުމުގެ މަސައްކަތް ފެށޭނެ އެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ސިފްކޯ، ޕޮލްކޯ ޓަވަރުތައް އަދި އެޕޯލޯ ޓަވަރުތައް ކައިރީ ސްކޫލެއް ނެތުމުން ދަތިތައް ދިމާވާނެ ކަމަށެވެ. އެހެންކަމުން އެ ގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރާކަން ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: