ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ފްރީ ޒޯންގެ ސަބަބުން އަމާޒާއި އެއްގޮތަށް އިގްތިސާދު ތަނަވަސްކުރުމަށް ފުރުސަތު ލިބޭ: ޒަމީރު

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ކުރެހުމެއް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) އަކީ ދިވެހި ރާއްޖޭގެ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އިތުރުން އިގްތިސާދު ތަނަވަސް ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީ ޒޯންއެއް ގާއިމު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، ސެންޓަރުގެ ބިންގާ މިއަދު ވަނީ އަޅާފަ އެވެ.

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން ޑޮލަރުގެ އެމްއައިއެފްސީ އުފެއްދުމަށް ނިންމައި ހާއްސަ ރަސްމިއްޔާތެއް ރޭ ކުރުނބާ މޯލްޑިވްސްގައި ކުރިޔަށް ގެންދިޔަ އެވެ.

ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ މިއީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ މިނިވަން ސަރަހައްދެއް ކަމަށެވެ. އަދި މި ސަރަޙައްދު ފަރުމާކުރެވިފައި ވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަށްކަމުގައި ވިދާޅުވި އެވެ.

މިިއީ ވަރަށް މުހިންމު މަޝްރޫއުއެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މީގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އައު ހިޔާލުތައް ގެންގުޅޭ ވިޔަފާރިވެރިން ތަނަށް އަންނާނެ ކަމަށެވެ.

މަޝްރޫއުއާއި ގުޅޭގޮތުން އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީއީއޯ ނަދީމް ވިދާޅުވީ އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާނެ ކަމަށެވެ.

އެ ފަރާތްތަކަށް ރެޒިޑެންސީގެ އެއްވެސް ޝަރުތެއް ހިމަނާފައި ނެތެވެ.

ނަދީމް ވިދާޅުވީ މި މަރުކަޒުން އައު ބައިނަލްއަޤްވާމީ މިންގަނޑެއް ކަނޑައަޅައި، މާލީ އައު އީޖާދުތައް މަދުވެގެން 20 އަހަރުގެ މުއްދަތަކަށް ކުރިއަރުވާނެ ކަމަށެވެ. މިއީ ދުނިޔޭގެ އެހެން މާލީ މަރުކަޒުތަކުގައި ހިނގަމުން އަންނަ ކަންތައްތަކަށް ދެން އަންނާނެ ތަރައްޤީ އާއި ކުރިއެރުންކަމަށް ވެސް ނަދީމް ވިދާޅުވި އެވެ.

ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ތަރައްޤީގެ މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މާސްޓަރ ޕްލޭނަރ އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ. މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: