ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް ސަރުކާރުން އަބަދުވެސް ބޯލަނބާނެ: ގައްސާން

ރައީސް މުއިއްޒު އަދި ޑިފެންސް މިނިސްޓަރު ޣައްސާން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް ސަރުކާރުން އަބަދުވެސް ބޯލަނބާނެކަމަށް ޑިފެންސް މިނިސްޓަރ ގައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން މި ޖަލްސާގައި ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ގައްސާން ވިދާޅުވީ، ޤައުމީ ދިފާއީ ބާރު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ ޕްލޭނެއްގެ ދަށުން ކަމަށެވެ.

ގައްސާން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދަށްވުރެ މަތީގައި އެއްވެސް ރައްޔިތެއް ނުހުންނާނެ ކަމަށާއި، މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް ސަރުކާރުން އަބަދުވެސް ބޯލަނބާނެ ކަމަށެވެ.

މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް ސަރުކާރުން އަބަދުވެސް ބޯލަނބާނެ

ޑިފެންސް މިނިސްޓްރީގައި މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ދިވެހި ސިފައިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމަށްވެސް ގައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން، އެހެން އެއްވެސް ޤައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ޤާއިމުވެގެން ތިބުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށާއި، އެކަން މި ސަރުކާރުން ބަދަލުކޮށްފައިވާކަމަށްވެސް ގައްސާން ވިދާޅުވިއެވެ.

ބޭރުގައުމުތަކާއި އެކުވެފައިވާ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވުންތައް މަޝްވަރާކޮށް އިސްލާހު ގެނެސްފައިވީ ނަމަވެސް އެކަމާއި ބެހޭ ތަފްސީލެއް އެގްރިމަންޓު ބުނާ ގޮތުން ދެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ވެރިކަމާއި ހަވާލުވުމާއި އެކު ފެށި މަސައްކަތަކީ، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި އެއްބަސްވުންތައް ބަލައި، އެ ރިވިއު ކުރުމެވެ. އަދި ޓްރާންސިޝަން މުއްދަތުގެ ތެރޭގައި އެ ގައުމުތަކާއި މަޝްވަރާކޮށް، އެއްބަސްވުމުގައި ހުރި ކަންބޮޑުވާ ކަންކަން ހިއްސާކޮށްފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިސްލާހު ކުރެވުނު އެއްބަސްވުން ވެސް ހާމަކުރުމުގައި، މައުލޫމާތު ސިއްރު ކުރުމުގެ ބައެއް ނުވަތަ މާއްދާއެއް ހިމެނިފައި ވާތީ ބައިލެކްޓްރަކް މަޝްވަރާތައް ކުރަމުން ގެންދާކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ ދެ ގައުމުގެ ގާތް ގުޅުމުގެ ތެރެއިން، މަޝްވަރާ ކުރުމަށްކަމަށް ހާމަކުރައްވައި ވިދާޅުވީ މިހާރު ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ، ކަންބޮޑުވާން ޖެހޭ އެއްވެސްކަމެއް އެއްބަސްވުމެއްގައި ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: