ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ވަނަ އަހަރު މަސް އެކްސްޕޯޓު 49 އިންސައްތަ ދަށް: އެމްއެމްއޭ

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރު ނިމިގެންދިޔައިރު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ތެރެއިން އެކްސްޕޯޓުކުރެވުނު މިންގަނޑު ފާހަގަކުރެވޭ ވަރަށް ދަށްވެފައިވާކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުގައި ބުނެފިއެވެ.

އެމްއެމްއޭ އާންމު ކުރި 2024 ގެ އަހަރީ ރިޕޯޓު ދައްކާ ގޮތުގައި، ރާއްޖޭގެ އިގްތިސާދުގައި ގޮންޖެހުންތަކާއި އެކު ކުރިއެރުންތައް ވެސް ހޯދާފައި ވެއެވެ. އެގޮތުން މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދާއިރާއެއްކަމަށް ބުނެފައި ވަނީ ފަތުރުވެރިކަމެވެ.

ރިޕޯޓުން ދައްކާ ގޮތުގައި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ ބެޑް ނައިޓް އަދަދު ވަނީ 8 އިންސައްތައިން އިތުރުވެފަ އެވެ. އަދި ޖުމްލަކޮށް ދާއިރާއަށް ބޮޑެތި ކުރިއެރުންތައް ލިބުނު އިތުރު ރާއްޖެއަށް ރެކޯޑު މިންވަރަކަށް ފަތުރުވެރިން އައިސްފައިވާކަމަށް ވަނީ ބުނެފަ އެވެ.

އެމްއެމްއޭ ބުނެފައިވާގޮތުން މަސްވެރިކަމުގެ ދާއިރާ ވަނީ ފާހަގަކުރެވޭ މިންގަނޑަކަށް ދަށަށް ގޮސްފަ އެވެ. އެގޮތުން މަސް އެކްސްޕޯޓުކުރެނު މިންވަރު 49 އިންސައްތައިން ދަށްވެ، ޖުމުލަ ސިނާއަތުގެ އުފެއްދުންތެރިކަމަށް އޭގެ އަސަރު ކުރިއެވެ. އޭގެ ސަބަބުން މަހުގެ އެކްސްޕޯޓު ނިސްބަތް ވަރަށް ބޮޑުތަނުން ދަށްވިކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ވެއެވެ.

އެމްއެމްއޭއިން ބުނެފައި ވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާގެ އުފެއްދުންތެރިކަން ދަށްވެފައިވާކަމަށެވެ. އެގޮތުން 7 އިންސައްތައިން ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ސާމާނު އިމްޕޯޓުކުރުން ދަށްވެފައިވާއިރު، މި ދާއިރާގެ އުފެއްދުންތެރިކަން ދަށަށް ގޮސްފައިވުމާއި އިމްޕޯޓުކުރެވުނު މިންވަރު ދަށަށް ދިޔަ އަދަދާއި ދިމާވާކަމަށް ވަނީ ބުނެފަ އެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ތެރޭގައި އެވަރެޖް އިންފްލޭޝަން ހުރީ 1.4 އިންސައްތައިގައެވެ. އެހެންކަމުން އިފްލޭޝަން ރޭޓު އަރައިގެންދިޔަ ދުވެލި ދަށަށް ދިޔަކަން ފެނިގެންދާކަމަށާއި އެއީ 2023 ވަނަ އަހަރުގެ ތެރޭގައި ޖީއެސްޓީ ބޮޑުކުރުމުން އައި ބަދަލުތަކުން އަރައިގަތުމަށްޓަކައި އެކި ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން 2024 ވަނަ އަހަރުގެ ތެރޭގައި ކަރަންޓް އެކައުންޓު ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 17.8 އިންސައްތައިގައިކަމަށެވެ. އަދި ޑެފިސިޓް ކުޑަވުމަށް ދިމާވެފައިވަނީ ސާވިސަސް އެކައުންޓު ސާޕްލަސްއަށް ކުރިއެރުންތަކެއް އައުމުގެ ސަބަބުންކަމަށާއި ނަމަވެސް އިމްޕޯޓު އެކްސްޕޯޓު ދެމެދު ފަރަގު އިތުރުވެފައިވާކަމަށް އަލިއަޅުވާލާފައިވެއެވެ.

ޕަބްލިކް ފައިނޭންސް ދާއިރާއިން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 14.1 އިންސައްތައިގައިކަން ފެނިގެންދެއެވެ. އަދި އަދަދުތައް މަތީގައި ހުރީ އާމްދަނީ އިތުރުވެގެންދިޔަނަމަވެސް ހަރަދުތައްވެސް މަތީގައި ހުރުމުގެ ސަބަބުންކަން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: