ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުތިލަފަޅު އެއްބަސްވުމަށް ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން: ގައްސާން

ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރުތިލަފަޅު އެއްބަސްވުމަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން އަޙްމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި އެއްބަސްވުމާއި ގުޅޭ ގޮތުން ޕީއެންސީ އިދިކޮޅުގައި އޮތް އިރު ކަންބޮޑުވުން ފާޅުކޮށްފައިވާކަން އަޒާން ފާހަގަކުރެއްވިއެވެ. އެހެންކަމުން އަޒާން ސުވާލު ކުރީ އެ އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނެސްފައިވޭތޯ އެވެ. އަދި އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ހިއްސާކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތޯވެސް އަޒާން ސުވާލުކުރެއްވިއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެއްބަސްވުމާ ގުޅޭ މަސައްކަތްތައް ކުރަމުން ދަނީ ދެ ޤައުމުގެ މެދުގައި އުފައްދާފައިވާ ހައި ލެވެލް ކޯޑިނޭޝަން ކޮމިޓީއަކުންކަމަށެވެ. ކޮމިޓީގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި، އެއްބަސްވުމަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެންމެ ތި އިޝާރާތްކުރެއްވި އުތުރު ތިލަފަޅުގެ އެގްރީމަންޓުގެ މަސައްކަތް ވެސް ކުރެވެމުންދަނީ ދެ ޤައުމުގެ ދޭތެރޭގައި ނެގިފައި އޮތް ހައި ލެވެލް ކޯޑިނޭޝަން ކޮމިޓީއަކުން. އެ މަސައްކަތް އަދި ދަނީ ކުރެވެމުން.

ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް ދިވެހި ސަރުކާރުން ފުރިހަމައަށް އިހުތިރާމް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ކޮމިޓީއަށް ދެވެން ހުރި މައުލޫމާތުތައް ދެމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: