ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފަ ވަނީ މިއަދު ހެނދުނު 08:30 އެހާއިރުއެވެ.
ހިޔާޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައިކަމަށް މައުލޫމާތު ދީފައިވެއެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެންކަމަށް ފުލުހުން ބުންޏެވެ.

