ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުންގެ މައްސަލަ ދިރާސާ ކުރާ ކޮމިޓީ ކެންސަލް!

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓު ރިއާޔަތްކޮށް ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ފާސްކޮށްފައިވާއިރު، އެކަން ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ތާވަލުކުރި ބައްދަލުވުން ކެންސަލްކޮށްފިއެވެ.

މި މައްސަލައިގައި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، މި ކޮމިޓީގައި ފާސްކޮށްފައިވަނީ އެންމެ ފުރަތަމަ ޖުޑީޝަރީ ކޮމިޓީން މި މައްސަލައާ ގުޅޭ ލިއެކިއުންތައް ދިރާސާކޮށް، އެއަށްފަހު ކޮމިޓީއަށް އެއްވެސް ފަރާތަކުން ހާޒިރު ކުރަންޖެހޭނަމަ ހާޒިރު ކުރުމާމެދު ގޮތެއް ނިންމުމަށެވެ.

އެހެންކަމުން މައްސަލަ ދިރާސާ ކުރުމަށް އަންގާރަ ދުވަހު ދެފަހަރެއްގެ މަތިން ކޮމިޓީ ތާވަލުކުރިއެވެ. ނަމަވެސް ކޮމިޓީ ބައްދަލުވުން ފަހުން ވަނީ ކެންސަލްކޮށްފައެވެ. އަދި ކޮމިޓީ ކެންސަލްކުރި ވަކި ސަބަބެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ބަލާފައިވަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލް ލަތީފް މައްސަލައެއްގެ ތުހުމަތުގައި ގެންދެވުމުން އެ ދެ ފަނޑިޔާރުން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ. ޖޭއެސްސީން ފާހަގަ ކުރާ ގޮތުގައި އެ މައްސަލަ އަމިއްލަ ފަރާތަކުން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަ ތަހުގީގުކުރަން ނިންމީއެވެ.

ޖޭއެސްސީން 4 މެއި ގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ދެ ފަނޑިޔާރުންނާއި ގުޅޭގޮތުން ކޮމިޝަނުގެ މައްސަލަ ބަލާ ކޮމިޓިން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓު ބަލައިގަނެ، ފާހަގަކޮށްފައިވާ ފިޔަވަޅުތައް ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.

ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ބައިވެރިވެ، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު މެދުވެރިކޮށް ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: