ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ތ އިން އައްޑޫ ސިޓީއަށް ހުދު ސަމާލު!

އައްޑޫ ލިންކު ރޯޑު ވިއްސާރަ ދުވަހެއްގައި/ފޮޓޯ: އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ތ އަތޮޅުން އައްޑޫ ސިޓީއަށް ހުދު ސަމާލެއް ނެރެއްޖެއެވެ. މި ސަމާލު ދެމި އޮންނާނީ މިއަދު ހަވީރު 5:30 އިން މިރޭ 10:30 ގެ ނިޔަލަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދިން ގޮތުގައި، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަވެ، ވައިގެ ބާރުމިން ގަޑިއަކަށް 40 މޭލަށް އަރާފާނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް މޫސުމާ ގުޅޭ ސަމާލު މެޓް އޮފީހުން ވަނީ ނެރެފައެވެ. އަދި ވިއްސާރައިގެ ސަބަބުން ކަނޑުތައް ގަދަވެ، ނުރައްކާތެރި ހާލަތަކަށް ދިއުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކޮށްފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށްވެސް އިރުޝާދު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: