ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުނެސްކޯގެ އެހީގައި ރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމަށް މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢުގެ މަސައްކަތްތަކާ ގުޅޭގޮތުން ޔުނެސްކޯގެ އިސް ބޭފުޅަކާއެކު މަޝްވަރާތަކެއް ކުރިއަށްގެންގޮސް، ތަރިކައިގެ ދާއިރާއިން ރާއްޖެއަށް ތަމްރީނު ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރގެ ޗީފް ޖުންހީ ހަންއާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ. ޖުންހީ ހަން ވަނީ ރާއްޖެއަށް ވަޑައިގަތުމުގެ މަޤްޞަދުގައި، ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހިނގާފައިވާ މިންވަރާއި ކުރިއަށް ކުރަންހުރި ކަންކަން ބައްލަވާލައްވާފައެވެ.

ބައްދަލުވުމުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަޝްވަރާތައް ފެށިތާ މިހާރު 13 އަހަރު ވެފައިވާއިރު، މި ސަރުކާރުން އެދެނީ މި މަސައްކަތް އަވަސް މަގަކުން ނިންމުމަށެވެ. މި ކަމަށް އިޖާބަދެއްވައި، ޖުންހީ ހަން ވަނީ މަސައްކަތުގެ ވަގުތު ރޮނގެއް ވަޒީރާ ހިއްސާކުރައްވައި، ކުރިއަށް އޮތް މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން އެއްބަސްވުންތަކަކަށް އާދެވިފައެވެ.

ޖުންހީ ހަންގެ މި ދަތުރުފުޅުގައި، މާލޭގައި ހުންނަ ތާރީޚީ މިސްކިތްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަން ބައްލަވާލައްވާފައިވެއެވެ. މީގެ ތެރޭގައި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިފައިވާ މާލޭ ހުކުރު މިސްކިތާއި، ކަޅުވަކަރު މިސްކިތާއި، އަދި ޢީދު މިސްކިތް ހިމެނެއެވެ.

މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން، ޔުނެސްކޯގެ އެހީގައި ދިވެހިރާއްޖެއަށް ތަރިކައިގެ ދާއިރާއިން އިތުރު ތަމްރީނު ފުރުޞަތުތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: