ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުދޫ – މީދޫ ރައްޔިތުންނަށް އެއާޕޯޓެއް ބޭނުންވޭ: ޝާޑު

އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީ ހުޅުމީދޫގެ ރައްޔިތުންނަށް އެއާޕޯޓެއް ބޭނުންވާކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މަދަނީ ދަތުރުފަތުރުކުރުމުގެ ބިލާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުބޮޑުވުމާއި ޖަޒީރާ ވަންތަގޮތަށް ރަށްތައް އެތުރިފައި ހުރިގޮތުން، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ވަނީ ރައްޔިތުންނަށް މަޖްބޫރުވެފައިކަމަށެވެ.

ޝާހިދު ވިދާޅުވިގޮތުގައި، ރިޔާސީ ކޮންމެ އިންތިހާބަކާއި ދިމާކޮށް، ކޮންމެ އަތޮޅެއްގައި އިންޓަނޭޝަލް ފެންވަރުގެ އެއާޕޯޓެއް އަޅާނެކަމުގެ ވާހަކަތައް ދެކެވޭކަމީ، ވިސްނާލަންޖެހޭކަމެއް ކަމަށެވެ.

ރައްޔިތުންވެސް ގަބޫލުކުރޭ، މީއީ ކުރެވޭނެ ގޮތެއް ނޫންކަން، އެހެންނަމަވެސް، އެ ވައުދުތައްވެސް ވައުދުވުމަށްޓަކައި އަންނަ ފަރާތްތަކަށް ރައްޔިތުން އެބަ އެދޭ އެ ވައުދުތައްވެފަ، އެކަން ހިމަނަން ވައުދުފޮތުގައި، މީގެ ކުރީގަ އަޅުގަނޑުމެންގެ ސަރުކާރުން، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މިވަނީ މިކަންކަމަށް ވަރަށް ބޮޑަށް  ރިއާޔަށްކޮށް، މިކަމަކީ މީ، ކޮންމެހެން ކުރަންޖެހޭކަމެއްވާނަމަ، އެ އަތޮޅެއްގެ އެރަށެއްގަ އެކަން ކުރުމަށްޓަކައި ސަރުކާރުން މިދަނީ މަސައްކަތްތައް ކުރަމުން، ކުރަމުންދާ ދަނޑިވަޅެއްގައި މިކަންކަމަށް ގެންނަންޖެހޭ ހެޔޮބަދަލު، އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުން މިދަނީ ވަރަށް މުހިންމު މަސައްކަތެއް ކުރަމުން

ޝާހިދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ކުރިމަތިލާ ހުރިހާ ފަރާތްތަކުން ވެސް ވައުދު ވަނީ ދަތުރުފަތުރުކުރުމުގެ ސިނާއަތް ފުޅާކުރުމަށް ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް އަޅާނެކަމަށެވެ. އެހެންނަމަވެސް، މިކަން ހަގީގަތަކަށް ވާނެކަމާއި މެދު ރައްޔިތުންގެ މެދުގައި ވަހުމްވާކަން ޝާހިދު ވިދާޅުވިއެވެ. އަދި ޝާހިދު ވިދާޅުވީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދަނީ އެ ވައުދުތައް ފުއްދުމަށް ހުރި ހުރަސްތައް ހައްލުކުރުމުގެގޮތުން، އިސްލާހީ ބަދަލުތައް ވުޖޫދަށް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުންކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ހުޅުދޫ – މީދޫއަކީ ބޮޑު ކަނޑެއްގައި އެކަހެރިކޮށް އޮތް ރަށަކަށް ވުމާއިއެކު، ހަމައެކަނި އައްޑޫ ސިޓީ ގަމުގައި އެއާޕޯޓެއް އަޅައިފައިހުރުމަކުން ނުއެއްފުދޭނެކަމަށާއި ހުޅުދޫމީދޫގެ ރައްޔިތުންނަށް އެއާޕޯޓެއް ބޭނުންވާކަމަށެވެ. އެއީ، މޫސުންގޯސްވެ، ކަނޑުގަދަވާ ތަންވަޅުގައި ހުޅުދޫމީދޫ ރައްޔިތުންނަށް ކަނޑުމަގުން ދަތުރުކުރުމަކީ ވަރަށް ނާދިރުކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިހާރުވެސް ދުވާލަކު 300، 400 ރައްޔިތުން އެބަ ދަތުރުކުރޭ އިންގޭތޯ، ހުޅުދޫމީދޫއާއި ގަމާއި ފޭދޫއާއި ހިތަދޫއާއި ދޭތެރޭގަ، އެހެންވީމަ މިފަދަ މުހިންމު ބިލެއް އަންނައިރު، އަޅުގަނޑުގެ ހިތުން އެބަޖެހޭ މިވާހަކަ ދައްކަން

ޝާހިދު ވިދާޅުވިގޮތުގައި، ހުޅުދޫމީދޫއިން އެހެން ރަށްތަކަށް ދަތުރުކުރާ މީހުންގެ އަދަދަކީ މަދު އަދަދެއްނޫންކަމަށެވެ. އެގޮތުން، މަދަނީ ދަތުރުފަތުރުކުރުމުގެ ބިލާއި ގުޅޭގޮތުން ވާހަކަދައްކާއިރު، ހުޅުދޫމީދޫ ރައްޔިތުންނަށް ލުއިފަސޭހަގޮތެއް ހޯދައިދިނުމުގެ ގޮތުން ވާހަކަދެއްކުމަކީ އެބޭފުޅާ ދެކޭގޮތުގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: